އިރާނުގެ މަޝްހޫރު ޔުނިވާސިޓީއެއްކަމަށްވާ މައްޝަދް އޭވިއޭޝަން ސައިންސް ޔުނިވާސިޓީގެ ދަރިވަރުންތަކެއް، ޕައިލެޓަކާ ނުލާ ދުއްވާ ވަށްތަރުގެ ބޯޓެއް އުފަށްދައިފިއެވެ.
އިރްނާ ނޫސް އެޖެންސީން ޚަބަރު ދޭގޮތުގައި، އީރާނުގެ މައްޝަދު ޔުނިވާސިޓީން ގްރެޖުއޭޓްވި ދަރިވަރުން އުފެއްދި މި ބޯޓަކީ އެމެރިކާއިން ގެންގުޅޭ، ޕައިލެޓަކާ ނުލާ ދުއްވާ ޑްރޯންތަކާ ޚިލާފަށް ވާޓިކަލް ޓޭކް އޮފް އަދި ވާޓީކަލް ލޭންޑިންގެ ކުޅަދާނަކަން ލިބިގެންވާ ބޯޓުތަކެކެވެ.
"ކައްރާ 110" ނަމަކަށް ކިޔާ މި ޑްރޯނަކީ، ސަލާމަތީ ބާރުތަކުގެ އިތުރުން، ފަތުރުވެރިކަމުގައްޔާއި، އަލިފާން ނިއްވުމުގައްޔާއި، ދަނޑުވެރިކަމުގެ އެކި ކަންކަމަށް ވަރަށް ފުރިހަމައަށް ބޭނުން ހިފިދާނެ އެއްޗެއްކެވެ.
މި ޑްރޯން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މުޙައްމަދު ރިޒާ ހާމަކުރެއްވި ގޮތުގައި މި ޑްރޯނަކީ އެމެރިކާއިން އުފައްދާފައިވާ ލާޖެޓް-65 މަރުކާގެ ޑްރޯނަށްވުރެން 2 ގުނަ ކުޅަދާނަކަން ލިބިގެންވާ ޑްރޯނެކެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، އީރާނުން މި އުފެއްދި ޑްރޯނަކީ އާދަޔާ ޚިލާފަށް އަޑު މަޑު އުޅަނދެއްކަމުން ހަނގުރާމަތަކުގައި މި ޑްރޯންގެ ބޭނުން ވަރަށް ފުރިހަމައަށް ހިފިދާނެއެވެ.

















salaam. iran ae nuclear weapons libijje nama sunnah jamaa’athuge ahluverinnaves v.gellun bodu. a e shi’een nakee sunnah jama’athuge ahluverinna mulhin khilaafu emeehunge dhushmanun