ރާއްޖޭގެ ޚަބަރު ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ދެވަނަ ފުރުސަތު ހޯދައިދިނުމަށް ރައީސް ނަޝީދު ވަޢުދު ވެއްޖެ

ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ދެވަނަ ފުރުސަތު ހޯދައިދިނުމަށް ރައީސް ނަޝީދު ވަޢުދު ވެއްޖެ

ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ދެވަނަ ފުރުސަތު ހޯދައިދިނުމަށް ރައީސް ނަޝީދު ވަޢުދު ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަމާ އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ޖަލުތަކުގައި ތިބި ހުރިހާ ޤައިދީންނަށް ދެވަނަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެ ޕާޓީގެ އެންމެ ފަހުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖަލު ތަކުގައި ތިބި ހުރިހާ ޤައިދީންގެ ޙާލަތު ވެސް ދެނެވަޑައިގަންނަވާ ކަމަށާއި، އެކުދިންނަށް ރަނގަޅު ގޮތެއް ހައްދަވައި ދެއްވާނެ ކަމަށެެވެ.
އެގޮތުން ރައީސް ނަޝީދަށް މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުން ކާމިޔާބު ލިބިވަޑައިގެންފި ނަމަ ޖަލުތަކުގައި ތިބި ހުރިހާ ޤައިދީންނަށް ދެވަނަ ފުރުޞަތު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ނަޝީދު ވަޢުދުވެ ވަޑައިގެންނެވި އެވެ.

"އަޅުގަނޑު އެ ހުރިހާ ކުދިންވެސް ދަންނަން، އެ ކުދިންގެ އިހުސާސްތައް އަޅުގަނޑަށް އެނގޭ، އެމްޑީޕީގެ ވެރިކަމެއްގައި ޖަލުތަކުގައި ތިބި ހުރިހާ ކުދިންނަށް ދެވަނަ ފުރުސަތު ހޯދައިދޭނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މީގެ ކުރިން ވެސް ވަނީ ޖަލުތަކުގައި ތިބި ޤައިދީންނަށް ދެވަނަ ފުރުޞަތު ދެއްވާ ގިނަ ޢަދަދެއްގެ ޤައިދީން ދެވަނަ ފުރުޞަތުގެ ދަށުން ދޫކޮށްލާފަ އެވެ.
އެހެން ނަމަވެސް ޤައިދީން ތައް ދޫކޮށްލުމާއި އެކު މާލެ ތެރޭގައި ވައްކަމާއި، މަގު ފޭރުމާއި ރޭޕްކުރުމާއި، ތޫނު ހަތިޔާރުން ޙަމަލާދީ މީހުން މެރުން އިންތިހާއަށް އިތުރު ވުމާއި ގުޅިގެން ޢާއްމުންގެ ގިނަ ބަޔެއްގެ ނުރުހުން ވަނީ ރައީސް ނަޝީދަށް އަމާޒު ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.