ރާއްޖޭގެ ޚަބަރު ރައީސް ޑރ. ވަޙީދުގެ ވަދާޢީ ތަޤްރީރު މާދަމާ ހެނދުނު ދެއްވާނެ: ރައީސް އޮފީސް

ރައީސް ޑރ. ވަޙީދުގެ ވަދާޢީ ތަޤްރީރު މާދަމާ ހެނދުނު ދެއްވާނެ: ރައީސް އޮފީސް

ރައީސް ޑރ. ވަޙީދުގެ ވަދާޢީ ތަޤްރީރު މާދަމާ ހެނދުނު ދެއްވާނެ: ރައީސް އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމަނިކުފާނުގެ ވަދާޢީ ތަޤްރީރު މާދަމާ ހެނދުނު ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވަދާޢީ ތަޤްރީރު މާދަމާ ހެނދުނު ދެއްވުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރި ކުރައްވާ ކަމަށާއި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، އެމަނިކުފާނު މި ތަޤްރީރު ކުރައްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށެވެ.
ރިޔާސީ އިންތިހާބަށް އެއް ދުވަހަށް ވެފައިވަނިކޮށް ރައީސް ޑރ މުޙައްމަދު ވަހީދު މިރޭ ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.
ރައީސް ޑރ. ވަހީދު ބޭރަށް ފުރާވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށާއި، އެނބުރި ވަޑައިގަތުން ބިނާވެފައި އޮތޯ ރާއްޖޭގެ ޙާލަތަށް ކަމަށް ރައީސް ވަޙީދު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު މި ޢިޝާރާތް ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ވެރިކަން ލިބިއްޖެ ނަމަ އެނބުރި ރާއްޖެ ވަޑައި ނުގަތުމުގެ މައްޗަށް ކަމަށް ސިހާސީ ފަރާތްތަކުން ދެކިލައްވައެވެ.
މީގެ ކުރިން ވެސް ރައީސް ޑރ ވަޙީދު ވަނީ މި މަހުގެ ދިހަ ވަނަ ދުވަހުގެ ރޭވެސް ޤައުމާ މުޚާތަބު ކުރައްވާ ނޮވެމްބަރު ސޯޅައިގެ ފަހުން ވެރިކަމުގައި ދެމި ނުހުންނަވާނެ ކަމަށް ވިދާޅު ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.