ވާހަކަ ތިބާގެ ރައްބު ތިބާއާ މެދު ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟

ތިބާގެ ރައްބު ތިބާއާ މެދު ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟

ތިބާގެ ރައްބު ތިބާއާ މެދު ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަބޫ ބަކުރު އައްސައިދަލާނީ ރިވާކުރެއްވިއެވެ. ސާލިމް ބިން މަންޞޫރު ބިން ޢައްމާރު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ.

އަހަރެންނަށް އަހަރެންގެ ބައްޕާފުޅު ހުވަފެނެއްގައި ފެނިގެން ބައްޕަ ގާތު އެހީމެވެ. "ތިބާގެ ރައްބު ތިބާއާ މެދު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟"

ބައްޕަ ޖަވާބުގައި ވިދާޅުވިއެވެ. "ހަމަކަށަވަރުން، ތިމަންގެ ރައްބު ތިމަން އެކަލާނގެ ޙަޟްރަތަށް ގާތްކުރައްވާ ކައިރިކުރައްވާ ތިމަންނައަށް ވަޙީކުރެއްވިއެވެ.

"އޭ ލާނެތް މުސްކުޅިއާއެވެ! ތިމަން ރަސްކަލާނގެ ތިބާގެ ފާފަ ފުއްސެވީ ކިހިނެއް ވެގެންކަމެއް އެނގޭ ހެއްޔެވެ؟"

ތިމަން ދެންނެވީމެވެ. "ނޫނެކެވެ. އޭ އަހަރެންގެ ރައްބެވެ."

އެކަލާނގެ ވަހީކުރެއްވިއެވެ. "އެއްދުވަހަކު މީސްތަކުންގެ ޖަމާޢަތެއްގެ ކުރިމަތީ ތިބާ އިށީނީމުއެވެ. އަދި އެމީހުންގެ ކުށްތަކުގެ މައްޗަށް ތިބާ އެމީހުން ރޮއްވީމުއެވެ. އެމީހުންގެ ތެރޭގައި ދުވަހަކުވެސް ތިމަން ރަސްކަލާނގެ ރަސްކަންފުޅުދެކެ ބިރުން ރޮއިފައި ނުވާ ތިމަން ރަސްކަލާނގެ އަޅަކު ވިއެވެ. އެހެންކަމުން، ތިމަން ރަސްކަލާނގެ އެއަޅާގެ ފާފަ ފުއްސަވާ، އެތާ ޙާޟިރުވެ ތިބި އެންމެންގެ މައްޗަށްވެސް އޭނާގެ ސަބަބުން ފާފަ ފުއްސެވީމެވެ. ތިބާވެސް ވީ އެފަދައިން އޭނާގެ ސަބަބުން ތިމަން ރަސްކަލާނގެ ފާފަ ފުއްސެވި މީހުންގެ ތެރެއިންނެވެ."

މަޞްދަރު: ގްލިމްޕްސް އޮފް ދި ލައިވްސް އޮފް ރައިޓިއަސް ޕީޕްލް، ބަހްރުއްދުމޫޢު، ސިފަތުއް ސަފްވާ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.