ސައިންސާއި ޓެކް ‘ބޮލި’ ފޮންޓްގެ އުނދަގުލުން ސަލާމަތްވާނީ ކިހިނެތް

‘ބޮލި’ ފޮންޓްގެ އުނދަގުލުން ސަލާމަތްވާނީ ކިހިނެތް

‘ބޮލި’ ފޮންޓްގެ އުނދަގުލުން ސަލާމަތްވާނީ ކިހިނެތް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަލައިލަން އައިބުގޮތެއްހުންނަ ކިޔަން އުނދަގޫ މި ފޮންޓަކީ ‘ވިންޑޯޒް’ ގެ ޢަދަދުތަކުގައި ދިވެހިބަސް ނުވަތަ ތާނައަކުރު ބޭނުންކުރުމަށްޓަކައި ހިމަނާފައިވާ ‘ޑިފޯލްޓް’ ފޮންޓެވެ.

ކޮމްޕިއުޓަރ ބޭނުންކޮށްގެން ދިވެހި ލިޔެހަދާ ގިނަމީހުނަށް، ބޮލި ފޮންޓޭ ބުނުމުން އެއީ ކޮން ފޮންޓެއްކަން އިނގޭނެއެވެ. ބަލައިލަން އައިބުގޮތެއްހުންނަ ކިޔަން އުނދަގޫ މި ފޮންޓަކީ ‘ވިންޑޯޒް’ ގެ ޢަދަދުތަކުގައި ދިވެހިބަސް ނުވަތަ ތާނައަކުރު ބޭނުންކުރުމަށްޓަކައި ހިމަނާފައިވާ ‘ޑިފޯލްޓް’ ފޮންޓެވެ.

ތިޔަބޭފުޅާގެ ކޮމްޕިއުޓަރުގައި އެހެން ތާނަ ފޮންޓެއް ނެތްނަމަ، ދިވެހިބަހުން ލިޔެފައި ހުންނަ ވެބްސައިޓްތައް ބެއްލެވުމުގަ އާއި ‘މައިކްރޯސޮފްޓް ވޯޑް’ ފަދަ ‘ޥޯޑް ޕްރޮސެސިންގ’ ސޮފްޓްވެއަރ ތަކުން ދިވެހި ލިޔުއްވުމުގައި ބޮލި ފޮންޓްގެ އުނދަގޫ ޖެހޭނެއެވެ. ނަމަވެސް މި އުނދަގުލުން ސަލާމަތްވުމަކީ އުނދަގޫކަމެއްނޫނެވެ.

އެންމެ ފުރަތަމަ ‘ބޮލި’ ފޮންޓުގެ ބަދަލުގައި ތިޔަބޭފުޅާއަށް ރީތި ދިވެހި ފޮންޓެއް ހޯއްދަވައި އެ ފޮންޓް އަޅުއްވާށެވެ (އިންސްޓޯލް ކުރައްވާށެވެ.) މިސާލަކަށް ‘ފަރުމާ’ ކަހަލަ ކިޔާލަން ފަސޭހަ ޢާންމުކޮށް ބޭނުންކުރާ ފޮންޓެއް ރަގަޅުވާނެއެވެ. އެއަށްފަހު ‘ފޮންޓް ފިކްސަރ’ ޑައުންލޯޑްކުރައްވާށެވެ. ‘ފޮންޓް ފިކްސަރ’ އަކީ ފޮންޓް ބަދަލުކުރުމަށް  އެޕްލިކޭޝަނެއް ޑައުންލޯޑް ކުރައްވާށެވެ.

‘ފޮންޓް ފިކްސަރ’ ހުޅުވުމަށްފަހު، ފޮޓޯއިން އެ ފެނިވަޑައިގަންނަވާ ގޮތަށް ފުރަތަމަ ގޮޅިން “ބޮލި’ ފޮންޓް ނަންގަވާށެވެ. އަދި ދެވަނަ ގޮޅިން ތިޔަބޭފުޅާ ޚިޔާރުކުރެއްވި ފޮންޓް ނަންގަވައި ‘ފިކްސް އިޓް’ އަށް ފިއްތަވާލައްވާށެވެ. އޭރުން، ‘ބޮލި’ ފޮންޓް ސިސްޓަމުން ފޮހެވި އެހެންތަނެއްގައި ‘ބެކަޕް’ ސޭވްކުރެވިއްޖެކަމަށް ބުނާ މެސެޖެއް ފެނިލައްވާނެއެވެ. ‘އޯކޭ’ އަށް ލެއްވުމުން، ސިސްޓަމް ނިއްވާލުމަށްފަހު އަލުން ހުޅުވަން ބުނާ އެހެން މެސެޖެއް ފެނިލައްވާނެއެވެ. ‘އޯކޭ’ އަށް ލައްވަވާށެވެ. މިހާރު ތިޔައޮތީ ފަސޭހަކަމާއިއެކު ‘ބޮލި’ ފޮންޓްގެ އުނދަގުލުން ސަލާމަތްވެފައެވެ.

Download: Font_fixer_1.0.4

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.