އަރަބިދުނިޔެދިއިސްލާމްދުނިޔެ

ހައްޖުވެރިންގެ ސަލާމަތީކަންކަން ބެލެހެއްޓުމުގައި 95000 މީހުން ހަރަކާތްތެރިވާނެ

ހައްޖު 1433| ފޮޓޯ ދިއިސްލާމް

މިއަހަރުގެ ޙައްޖު މޫސުމުގައި ހައްޖުވެރިންގެ ސަލާމަތަށްޓަކައި ސައޫދީ ސަލާމަތީ ބާރުތަކުގެ 95،000މީހުން ހަރަކާތްތެރިވާނެ ކަމަށް ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީގެ އިސްވެރިޔާ މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

ނާއިފް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ 95 ހާސް މީހުން ހަރަކާތްތެރިވާނެ ގޮތުގެ ޕްލޭންތައް އެކަށައަޅައިނިމިފައިވާ ކަމަށާއި އެޕްލޭންތައް ތަންފީޒުކުރަން މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިޕްލޭންތައް ތަންފީޒު ކުރުމުގައި ސައޫދީގެ ކަމާބެހޭ ހުރިހާ އިދާރާތަކުން އެއްބާރުލުން ދޭނެކަމަށެވެ. ހައްޖުވެރިންގެ ސަލަމަތަށްޓަކައި ހަރަކާތްތެރިވާ 95 ހާސް މީހުންގެ ތެރޭގައި ޙައްޖާއި އުމުރާގެ އަމަނުގެ ނަމުގައި އުފައްދާފައިވާ ޚާއްސަ ބާރުތަކުގައި ހިމެނޭ 45 ހާސް މީހުންވެސް ހިމެނެ އެވެ.

ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިން މީހުންގެ އަދަދުވަނީ 20 އިންސައްތައަށް މަދުކޮށްފަ އެވެ. އެއީ މިހާރުވެސް މައްކާގެ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށްދާތީއެވެ. ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް މުޅިން ނިންމާލެވޭނީ 2015 ވަނަ އަހަރުގައި ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *