ރާއްޖޭގެ ޚަބަރު ސައުދީގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމާއި ގުޅިގެން ޕީޕީއެމުން ކޯޓަށް ދާން ވިސްނަނީ

ސައުދީގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމާއި ގުޅިގެން ޕީޕީއެމުން ކޯޓަށް ދާން ވިސްނަނީ

ސައުދީގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމާއި ގުޅިގެން ޕީޕީއެމުން ކޯޓަށް ދާން ވިސްނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސި ވޯޓްފޮށި ނުބަހައްޓަން ނިންމުމާ ގުޅިގެން އެ މައްސަލަ ކޯޓަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާޟުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސި ވޯޓްފޮށި ނުބަހައްޓަން ނިންމުމަކީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްދުގައި ނިންމި ނިންމުމެއްކަމަށާއި ވޯޓު ފޮށްޓެއް ނުބަހައްޓަން ނިންމީ އެ ފޮށީގެ ނަތީޖާ އިން ވަކި ކެންޑިޑޭޓަކަށް ގެއްލުންވާނެތީ ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ސައުދީގެ ވެރިރަށް ރިޔާޒުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް އަދިވެސް ވިސާ ނުލިބޭތީ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް ވިސާ ނުލިބޭނެ ކަން ސައުދީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް މިހާތަނަށް އަންގާފައި ނުވާ ކަން އެޕާޓީއަށް ޤައިމުވެފައިވާކަމަށެވެ.
ސައުދީގައި ބަހައްޓާ ވޯޓު ފޮއްޓަށް ރަޖިސްޓްރީކޮށްފައިވާ 544 މީހުން އަލުން އެހެން ތަންތަނަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު 27 ވަނަ ދުވަހާ ހަމައަށް މިއަދުވަނީ ހުޅުވާލައިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.