ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

"އަންދަލުސް" ދަރުސް ދަރުބާރުގެއަށް ބަދަލުވެއްޖެ

“އަންދަލުސް” ނަމުގައި ޖަމިއްޔަތުއް ސަލަފުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މޫސުން ގޯސްވުމުގެ ސަބަބުން ދަރުބާރުގެއަށް ބަދަލު ކޮށްފިއެވެ.

ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން ސަލަފް ޖަމިއްޔާއިން ހާމަކުރާ ގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ދަރުބާރުގެއަށް ބަދަލުކުރީ މުސުން ގޯސްވުމުގެ ސަބަބުން ކަމަށާއި މިރޭގެ ދަރުސް އޮންނާނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމްގައި ކަމަށެވެ. އަދި މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރާގޮތަށް ވަނީ ހަމަ ޖެހިފައި ކަމަށާއި ޓީވީ ޗެނަލްއަކުން ދަރުސް ލައިވް ކުރުމުގެ އިންތިޒާމް ހަމަޖެހޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެފަރާތުން ހާމަ ކުރެއެވެ.

މިދަރުސްއަކީ 800 އަހަރު ވަންދެން އިސްލާމީ ޚިލާފަތް ޤާއިމުކޮށްފައިވާ އަންދަލުސް އިން އިސްލާމް ދީން ފޮހެވިގެން ދިޔަ ގޮތް ބަޔާންކޮށް، އިސްލާމީ ޤައުމުތަކުން އިސްލާމް ދީން ނައްތާލުމަށް ކާފަރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި އެބައިމީހުންގެ ނުބައި ރޭވުންތަކަށް އަލިއަޅުވާލައި އެކަންކަމުން އެންމެހައި މުސްލިމުން ހޭލުންތެރި ކުރުމަށް ބޭއްވޭ ދަރުސެކެވެ.

އަންދަލުސް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް އަދި އައްޝައިހް އަހުމަދު ސަމީރު ބިން އިބްރާހިމް ކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.

ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މާޝާﷲ ވަރަށް ރަގަޅު މަސައްކަތެއް. ތިފަދަ މަސައްކަތްތައް މާބޮޑުތަނުންވެސް ގިނަ ކުރަން ވެއްޖެ. މިރާއްޖޭގެ މުސްލިމުންވަނީ ވަރަށްބޮޑު ޣާފިލްކަމެއްގެ ތެރޭގާކަން ކަށަވަރު.

  2. ޔޭއި އަލްހަމްދުލިﷲ! ގިނަ ދުވަސް ކޮށްފަ ދަރުސްއެއް! :))

  3. އަޅުގަނޑުމެން ރާއްޖެތެރޭގައި ތިބި ލައްކައަކަށްވުރެ ގިނަ ރައްޔިތުންނަށް ތި ދަރުސް ވަގުތުން ބަލައެއް ނުލެވޭނެތަ ހަމަ…………….

  4. ތިޔަ ދަރުސް އަޑު އެހިން ވަރަށް ފުރިހަމަ ވާހަކަ ތަކެއް ! އެކަމަކު އަދިވެސް ގިނަ ބަޔަކު ﷲއަށް ޓަކައި ލޯބިނުވޭ. އެމީހުން ލޯބިވަނީ ވަކިމީހަކުދެކެ! ރާއްޖެޓީވީ ނޫން އެހެން ހުރިހާ ޓީވީއަކުން ވަގުތުން ދެއްކި! ކީއްވެބާ އެޓީވީން ނުދެއްކީ! އަހަރުމެން ރަށުގެ އެމްޑީޕީ ގިނަމީހުން ޓީވީއެމް ލައިވް ކުރިއިރު ގޭގަ ހުރި ޓީވީ ނިއްވާލުމަށްފަހު ނިދީ! އެކަމަކު ރާއްޖެޓިވީން ސިޔާސީޖަލްސާއެއް ދައްކާނަމަ ނިދިނައިސްގެން އުޅޭ! އަޅުގަނޑަށް ރޭގަ ދަރުސަށްފަހު ވިސްނުނީ އެމްޑީޕީން ރާވައިގެން އިލްމުވެރިންގެ އަގުވައްޓާލައިފައި ވާކަން. އަލުގަނޑުގެ އަޚުންނަށް ހެޔޮވިސްނުން މިންވަރު ކުރަށްވާށި!

Your email address will not be published. Required fields are marked *