ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

“އަންދަލުސް”ދަރުސް ރޭޑިއޯ އެޓޯލްއިން އިންޝާﷲ ލައިވްކުރާނެ

"އަންދަލުސް" ނަމުގައި ޖަމިއްޔަތުއް ސަލަފުން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން ސަލަފް ޖަމިއްޔާއިން ހާމަކުރާ ގޮތުގައި މާދަމާ ރޭގެ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރާގޮތަށް ވަނީ ހަމަ ޖެހިފައެވެ. އަދި ޓީވީ ޗެނަލްއަކުން ދަރުސް ލައިވް ކުރުމުގެ އިންތިޒާމް ހަމަޖެހޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެފަރާތުން ހާމަ ކުރެއެވެ.

މިދަރުސްއަކީ 800 އަހަރު ވަންދެން އިސްލާމީ ޚިލާފަތް ޤާއިމުކޮށްފައިވާ އަންދަލުސް އިން އިސްލާމް ދީން ފޮހެވިގެން ދިޔަ ގޮތް ބަޔާންކޮށް، އިސްލާމީ ޤައުމުތަކުން އިސްލާމް ދީން ނައްތާލުމަށް ކާފަރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި އެބައިމީހުންގެ ނުބައި ރޭވުންތަކަށް އަލިއަޅުވާލައި އެކަންކަމުން އެންމެހައި މުސްލިމުން ހޭލުންތެރި ކުރުމަށް ބޭއްވޭ ދަރުސެކެވެ.

މާދަމާރޭ އަލިމަސް ކާރނިވަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދެއްވާނީ އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް އަދި އައްޝައިހް އަހުމަދު ސަމީރު ބިން އިބްރާހިމް ކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.

ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *