ދުނިޔެ އިންޑިއާގައި 4 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލައިފި

އިންޑިއާގައި 4 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލައިފި

އިންޑިއާގައި 4 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއްލީގައި ގޭންގްއަކުން ރޭޕް ކުރި އަންހެން ކުއްޖާގެ މައްސަލައިގައި ދަޢުވާ އުފުލުނު ހަތަރު މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައި ވަނިކޮށް ހަތަރު އަހަރުގެ ކުޑަ އަންހެއް ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މުމްބާއީގެ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލްގެ ބަސް ޑްރައިވަރެއްގެ މައްޗަށް ދަޢުވާ އުފުލޭ މި މައްސަލައިގައި، ބަޑްލަ ޕޫރްގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި މި އަންހެން ކުއްޖާއާއި ބަސް ޑްރައިވަރު ބަދުއަޚްލާގީ އަމަލު ހިންގާފައިވަނީ ބަހުގައި އިންދައި ކަމަށެވެ. އެވަގުތު އެ ކުއްޖާގެ އެހެން އެކުވެރިއަކު ފިޔަވައި އެއްވެސް މީހަކު ބަހުގައި ނެތް ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ޙާދިސާގެ ޝިކާރައަކަށްވި ކުޑަ އަންހެންކުއްޖާ މިކަން ސިއްރުކޮށްފައި ވަނިކޮށް ޢާއިލާއަށް މިކަން އެނގުނީ އެކުއްޖާއަށް ތަދު އިހްސާސްކުރެވޭތީ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުންނެވެ.

މިމަހުގެ 6ވަނަ ދުވަހު ހިނގި މި ޙާދިސާގައި ކުޑަ އަންހެންކުއްޖާއާއި އޭނާގެ އެކުވެރިއަކު ސްކޫލްގެ ގޯތިތެރޭގައި ޕާކް ކޮށްފައި އޮތް ބަހަށް އެރީ އެހެން ކުދިންނަށްވުރެ ކުރިން ކަމަށާއި އެއި ރަނގަޅު ހިސާބަކުން ޖާގައެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ، އެވަގުތު އެ ދެކުދިން އެކަނި ތިބިތަން ފެނިގެން ބަސް ޑްރައިވަރު އެތަނުން އެއްކުއްޖަކު ފަހަތު ސީޓަށް ގެންދިޔައީ ޖާދޫ ދެއްކުމުގެ ބަހަނާގައެވެ. ކުޑަ އަނހެން ކުއްޖާ އެހީއަށް އެދި ގޮވުމުން ބަހުގައި އިން އޭނާގެ އެކުވެރިޔާ އަންހެން ކުއްޖާގެ ގާތަށް ދިއުމުން ބަސް ޑްރައިވަރު ވަނީ އެ އިން އެއްވެސް ވާހަކަޔެއް މީހަކަށް ކިޔައިދީފި ނަމަ ދެކުދިން މަރާލާނެކަމަށް ބުނެ އިންޒާރުދީ ބިރުދައްކާފައެވެ. އަދި ސްކޫލުގެ އެހެން ކުދިން ބަހަށް އެރުމުންވެސް އެ ދެކުދިންނަށް އިންޒާރު ދިން ކަމަށާއި އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ކުދިން ގެޔަށް ގެންދިއުމަށް އެ ބަހުގައި ހުންނަނީ އޭނާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ޢާއިލާއިން މައްސަލަ ރިޕޯޓް ކުރުމުން ސްކޫލުގެ ބަސް ޑްރައިވަރު ސަންދީޕް، ފުލުހުން ހައްޔަރު ކޮށްފައިވަނީ އޭނާގެ ގޭގައި ހުއްޓައެވެ. -- ޓައިމްސް އޮފް އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.