ރާއްޖޭގެ ޚަބަރު

އިސްލާމީ ގައުމެއްގައި ހިނގައިގެން ނުވާނެ ވަރަށް ގިނަ ކަންތައްތައް ފަހަކަށް އައިސް ހިނގަމުންދޭ: މައުމޫނު

ކުރީގެ ރައީސް މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގް

އިސްލާމީ ގައުމެއްގައި ހިނގައިގެން ނުވާނެ ވަރަށް ގިނަ ކަންތައްތައް ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ "އިސްލާމީ ގައުމެއްގައި ހިނގައިގެން ނުވާނެ އެތައް ކަންތައްތަކެއް ރާއްޖޭގައި ހިނގަމުން އެބަދޭ. ޑރ. އަފްރާޝީމް އަލީ ޝަހީދުކޮށްލި ހާދިސާއަށް ފަހުވެސް ރާއްޖޭގައި ވަރަށް ގިނަ މީހުން ވަނީ މަރާފަ. އެކަހަލަ ކަންތައްތަކަކީ އެއްވެސް ގޮތެއްގައި ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން."ކަމަށެވެ. އަދި "އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރުމާއި ކުޑަ ކުދިންނާއި އެކީގައި ކުޑަކުދިންނާއި މެދު ބަދު އަޚުލާގީ އަމަލު ހިންގަމުންދާ"ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ރ. އަލިފުއްޓަށް ވަޑައިގަތީ ޕީޕީއެމް ގެ ރިޔާސީ ކެނޑިޑޭޓް ޔާމީންގެ ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ހުރިހާ ކަމެއްގެ ހައްލު ކީރިތި ﷲ ސުބުހާނަހޫވަތައާލާ ވަނީ އަޅުގަނޑުމެންނަށް އަންގަވާދެއްވާފައި އެކަމަކު އެއީ އިހްތިޔާރުގައި އޮތްކަމެކޭ ( އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން ) ބައެއް ބޭފުޅުން ވިދާޅުވަމުންދާތީ ހައިރާންވެ ކަންބޮޑުވަން

  2. މިއީ މިވާހަކަދައްކަން ރަގަޅު މީހެއް. 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގެ ދަރިން ދީނާ ދުރުކޮށް މަސްތުވާ އެއްޗިހީގެ އަވާގައި ޖައްސައި މުޅި ޤައުމު ހަލާކުކޮށްފައި ހުރި މީހަކު މިފަދަ ވާހަކަ ދައްކާތީ ހިނިއާދޭ!

Your email address will not be published. Required fields are marked *