ޝަޚުސިއްޔަތު އަހަރުގެ އިސްލާމީ ޝަޚްސިއްޔަތުގެ އެވޯރޑް ޑރ. ޒާކިރް ނައިކަށް

އަހަރުގެ އިސްލާމީ ޝަޚްސިއްޔަތުގެ އެވޯރޑް ޑރ. ޒާކިރް ނައިކަށް

އަހަރުގެ އިސްލާމީ ޝަޚްސިއްޔަތުގެ އެވޯރޑް ޑރ. ޒާކިރް ނައިކަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެދުކެނޑުމެއްނެތި 17 އަހަރުވަންދެން ދެމުންއަންނަ އިސްލާމީ ޝަޚްސިއްޔަތު އެވޯރޑް މިއަހަރު ލިބިލައްވާނީ އިންޑިޔާގެ މަޝްހޫރު ދާޢީ ޑރ. ޒާކިރްޢަބްދުލްކަރީމް ނައިކަށް ކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފިއެވެ.

ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން އެވޯރޑްގެ ޗެއަރމަން އިބްރާހީމް ބޫ މެލްހާ ވިދާޅުވީ އަޒްހަރުގެ އިމާމް ޑރ. އަޙްމަދު އައްޠައްޔިބް އަށް ކުރިން އަރުވަން ހަމަޖެހިފައިވާ އެވޯރޑް އެފަރާތުގެ އިޛުނައާއެކު މިއަހަރު އެހެން ފަރާތަކަށް އަރުވަން ނިންމީ މިޞްރުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

"އެހެންކަމުން އޭގެ ބަދަލުގައި އެއެވޯރޑް މިއެރުވެނީ އިންޑިޔާގެ މަޤްބޫލް ދީނީ ޢިލްމުވެރިޔާ ޑރ. ޒާކިރް ނައިކަށް. އެބޭފުޅާއަށް އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތުގެ އެވޯރޑް މިއެރުވެނީ އިސްލާމްދީނާއި ޤުރުއާނަށް ޚިދުމަތްކުރުމުގައި އެބޭފުޅާ ވަރުބަލިފުޅުކަމެއް ނެތި ކުރައްވަމުންދާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން."

ޑރ. ޒާކިރު ނައިކް މިވަގުތު ގެންދަވަނީ ދުބާއީގެ ޑިޕާރޓްމެންޓް އޮފް ޓޫރިޒަމް އެންޑް ކޮމާރސް މާރކެޓިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ރަމަޟާން ފޯރަމްގައި ތަޤްރީރުކުރެއްވުމަށް ވަޑައިގެންނެވެ. ކުރިން މެޑިކަލް ސައިންސް ކިޔަވާ ވިދާޅުވެ ޑޮކްޓަރަކަށް ވެވަޑައިގަތުމަށްފަހު ދައުވަތުގެ މައިދާނަށް ނުކުމެވަޑައިގެން ޑރ. ޒާކިރު ނައިކް ގެންދަވަނީ މުޅި ދުނިޔޭގައި ތަޤްރީރުކުރައްވަމުންނެވެ. އެބޭފުޅާ މަޝްހޫރުވެލައްވާފައިވަނީ ޢިލްމީ ބަޙުޘްތައްކުރުމުގަޔާއި ރައްދު ޖަވާބު ދިނުމާއި އިސްލާމްދީނާމެދު އަރާފައިވާ އޮޅުންތަކާއި ނުބައި ތަޞައްވުރުގެ ޙަޤީޤަތް ބަޔާންކުރުމުގެ ކުޅަދާނަކަމުގެ ސަބަބުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.