ދުނިޔެ

ވިހަ މާއްދާއެއް އެކުލެވޭ ސިޓީއެއް އޮބާމާއަށް

އެމެރިކާގެ ރައީސް ބަރަކް އޮބާމާ | ފޮޓޯ:ނިއުސް ވިޕް

ވިހަ މާއްދާއެއް ކަމަށްވާ "ރިސިން" އަޅާފައި ހުރި ސިޓީއެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އެޑްރެސްކޮށް ވައިޓްހައުސްއަށް ފޮނުވައިފިއެވެ.

ގޮތްނޭގޭ ފަރާތަކުން އޮބާމާއަށް އެޑްރެސްކޮށް ފޮނުވި މި ސިޓީ ވައިޓްހައުސްއަށް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
"ރިސިން" އަކީ އޭގެ ވަސް ޖެހުމުން ނުވަތަ އެ މާއްދާ ހަށިގަނޑުގެ އެތެރެއަށް ގޮސްފިނަމަ އެމީހަކު އެމީހަކު މަރުވާ ފަދަ ނުރައްކާތެރި ވިހައެކެވެ.
އެމެރިކާގެ ބޮސްޓަން މެރެތަން "ދުވުމުގެ ރޭސް" ކުރިއަށް ދަނިކޮށް މިމަހުގެ 16 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 3 މީހަކު މަރުވެ ގިނަބަޔަކު ޒަހަމްވެފައިވާއިރު އޮބާމާ އަށް ލިބުނު މި ސިޓީ ވެގެންދިޔައީ މުޅި އެމެރިކާ ސިހިގެންދިޔަ އަދި އެޤައުމުގައި ބިރުވެރިކަން ފެތުރިގެންދިޔަ ހަބަރަކަށެވެ.
"ޕޮލިޓިކަލް ވެޕަން" އަކަށް ބެނުންކުރާ އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ވިހަ އެކުލެވޭ ސިޓީއެއް އެމެރިކާގެ ސެނެޓްގައި މިސިސިޕީ ތަމްސީލްކުރަށްވާ ރޮގާރ ވިކާރ އަށް ވެސް އަންގާރަ ދުވަހު ވަނީ ލިބިފައި ކަމަށާއި، މިހާރު މި މައްސަލަ ދަނީ އެމެރިކާގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސީކްރެޓް ސާރވިސް އާއި އެފްބީއައި ގުޅިގެން ތަހްޤީގް ކުރެވެމުންކަމަށް ވެސް ނޫސްއެޖެންސީތަކުން ހާމަކުރެއެވެ.
މިކަމާއި ގުޅިގެން އުމުރުން 45 އަހަރުގެ ޕޯލް ކެވިން ނަމަކަށް ކިޔާ މީހެއްވަނީ ހައްޔަރުކުރެވިފައި ކަމަށް އެފްބީއައި އާއި ހަވާލާދީ އޭއެފްޕީ އިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ