ރާއްޖޭގެ ޚަބަރު

ފާއިތުވި ދޮޅުއަހަރު ތެރޭގައި ދައުލަތުގެ ދަރަނި ކުޑަކުރަން ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި :ޑރ ވަހީދު

ޑރ ވަހީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ކުނަހަންދުއަށް ވަޑައިގެން، ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ދައުލަތުގެ ދަރަނި ކުޑަކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރެވެނިއު ބިލްތައް ފާސްކޮށްދެއްވުމުން، މިކަމަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.

ރައީސް ޑރ ވަހީދު އިތުރައް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ދަަރަނި އޮތީ ވަރަށް ބޮޑުކޮށް ކަމަށާއި، އެހެން ނަމަވެސް، މިވޭތުވެދިޔަ ދޮޅުއަހަރުގެ ތެރޭގައި، މި ދަރަނީގެ ވަރަށްބޮޑު ބައެއް ދައްކާފައިވާ ކަމުގައެވެ.

ކުނަހަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަނދަރު ހެދުމަކީ ކޮންމެ ރަށެއްގައިވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގެ ޙާލަތު ހުރިގޮތުންނާއި އަދި ފުދުންތެރިކަން ހުރިގޮތުން، ރަށްރަށުގައި ބަނދަރު ހެދެމުންނުދާ ކަމުގައި ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *