އަރަބިދުނިޔެ މިސްރުގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށް ރާވަމުންދިޔަ އިޒްރޭލުގެ ޖާސޫސުން ތަކެއް އަތުލައިގެންފި

މިސްރުގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށް ރާވަމުންދިޔަ އިޒްރޭލުގެ ޖާސޫސުން ތަކެއް އަތުލައިގެންފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ފަޒީލް

- ސިޔާސީމަޤްސަދުތައްޙާސިލުކުރުމަށް އިޒްރޭލުން ހިންގާ ޓެރަރިޒަމް

އިޒްރޭލުގެ  ޖާސޫސުން ތަކެއް  މިޞްރުން އަތުލައިގަތުން

މިސްރުގެ ސަރުކާރުން  އިޒްރޭލުގެ ދެ  މީހަކާއި އަދި މިސްރު މީހަކު ހިމެނޭ ޖާސޫސީ ނެޓްވޯކެއް  އަތުލައިގެން ފިއެވެ. މިކަން ހާމަ ކޮށްފައިވަނީ މިސްރުގެ ނޭޝަނަލް ސެކިޔުރިޓީގެ  ވަކީލު ހުޝާމް ބަދަވީ މިކަމާ ގުޅިގެން ދެއްވި އިންޓަވިޔުއެއް ގައެވެ.

ހުޝާމް އިތުރަށް ވިދާޅުވި ގޮތުގައި މިކަމުގައި ހިމެނޭ މިސްރުމީހަކީ ޢުމުރުން  37 އަހަރުގެ އިމްޕޯޓު އެކްސްޕޯޓު ވިޔަފާރިކުރާ ކުންފުންޏެއް ހިންގަމުންދާ މީހެކެވެ.

އެސޯސިއެޓް ޕްރެސްގައި ، މިސްރުގެ ރަސްމީ ފަރާތަކާ ޙަވާލާދީ ލިޔެފައިވާ ޚަބަރެއްގައި، އަތުލައިގަނެވުނު މި މީހުންނަކީ އިޒްރޭލަށް މަސައްކަތް ކޮށްދޭ ބަޔެއް ކަމާއި، މި މީހުންގެ  މަސައްކަތަކީ މިސްރުގެ  އިޤްތިސާދު ހަލާކުކޮށްލުމަށް ތަފާތު ރޭވުންތައް ރޭވުންކަމަށް ހާމަކޮށްފައިވެއެވެ.

މި ގޮތުން ތަފާތު އަމިއްލަ އޮފީސްތައް،  މިސްރާއި އިޒްރޭލު އަދި އިގިރޭސިވިލާތާއި ޣައްޒާގައި ހުޅުވައިގެން، މިސްރުގެ ސީނާއަށް އަންނަ  ޗައިނާ އާއި ޖަޕާންގެ  ފަތުރުވެރިންގެ މަޢުލޫމާތު މި މީހުން ހޯދާފައިވާ ކަމަށް، މިސްރުގެ ރަސްމީ ފަރާތްތަކާ ޙަވާލާ ދީ އެސޯސިއެޓް ޕްރެސް ގައި ވެއެވެ.

އިޒްރޭލުން މިޞްރުގައި ހުންނަ ސަފީރު  އިއްޔެ ވަރަށް ކުއްލި ގޮތަކަށް ވަނީ އިޒްރޭލަށް ގޮސްފައެވެ. އިޒްރޭލުގެ ޚާރިޖިއްޔާ އިން ވަނީ ސަފީރުގެ މި ދަތުރާ މި ކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

މިސްރަކީ އިޒްރޭލާއި ސުލްހައިގެ އެއްބަސްވުން (1979 ގައި) ވީ ފުރަތަމަ އިސްލާމީ ޤައުމެވެ. އަދި މިސްރާއި އިޒްރޭލާ ދެމެދުސިޔާސީ އަދި ވިޔާފާރީގެ ގުޅުންތައް މިހާރުވެސް ކުރިއަށް ދެއެވެ. އެހެންނަމަވެސް، އެކިފަހަރު މަތިން އިޒްރޭލުގެ ޖަސޫސީ ނެޓުވޯކްތައް މިސްރުގައި ޖާސޫސްކުރަމުން ދަނިކޮށްވަނީ އަތުލައިގެންފައެވެ.މިސްރަކީ ދުނިޔޭގެ އާސާރުގެ ތިން ބައިކުޅައެއް ބައި އެތަނެއްގައި އޮތް ފަތުރުވެރިންގެ ތެރޭގައި ވަރަށް މަޤްބޫލު މަންޒިލެކެވެ. (ޚަބަރު: އަލް ޖަޒީރާއިން.

އިޒްރޭލުގެ ޖާސޫސޫ އިދާރާ މުސާދުއިން އިސްލާމީ ޤައުމު ތަކުގައި ހިންގާ ޓެރަރިޒަމް

އިޒްރޭލުން އެމީހުން ބޭނުންވާ ސިޔާސީ މަޤްސަދުތައް ޙާސިލް ކުރުމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މުސާދު ގެ ސިއްރު އެޖެންޓުން މެދުވެރިކޮށް އިސްލާމީ ޤައުމުތަކުގައި  ޓެރަރިޒަމްގެ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ. މި ގޮތުން އެ ޤައުމުތަކުގައި މުސާދުން  ހިންގާ ސިއްރު ޓެރަރިޒްމްގެ ޙަމަލާތަކުގެ ޒިއްމާ ،  އިޒްރޭލުގެ ސިޔާސަތަށް ނަފްރަތު ކުރާ  ސިޔާސީ ފަރާތްތަކާއި ދީނީ ޖަމާޢަތްތަކުގެ ބޮލުގައި އަޅުވާ އެފަދަ ފަރާތްތަކުގެ އަގުވައްޓާލާ ، އަދި ދިނީ ޖަމާޢަތްތައް ބައި ބައި ކޮށްލުމަށް މަސައްކަތް ކުރަމުންދެއެވެ. މިގޮތުން ޢިރާޤުގެ ސުންނީންނާއި ޝީޢީން ޖެއްސުމަށް ޓަކާ ، އެ ދެ މަޒްހަބަށް ނިސްބަތްވާ މިސްކިތްތަކަށް އިޒްރޭލު އަޑީގައި އޮވެގެންދޭ ޓެރަރިސްޓު ޙަމަލާތަކާއި   ، ލުބުނާންގެ ސިޔާސީ  ފަރާތްތަކަށް  އަމާޒުކޮށް ދެމުންދާ ޓެރަރިސްޓު ޙަމަލާތައް ފާހަގަ ކޮށްލެވެއެވެ.

ދިވެހި ރާއްޖޭގައި އިޒްރޭލުގެ ޖާސޫސީ އިދާރާ މުސާދުއިންޓެރަރިޒަމް ގެ ޙަމަލާތަކެއް

ދީފާނެ ކަމުގެ ބިރު ވަރަށް ބޮޑު

އިޒްރޭލާއި ދިވެހި ރާއްޖެއާއި ސިޔާސީ އަދި އެހެނިހެން ގޮތް ގޮތުންގުޅުން ބަދަހިކުރުމަށް އެޅިފައިވާ ހުރަސްތައް ގިރާ ކުރުމަށް، އިޒްރޭލުގެ ޖާސޫސީ އިދާރާ މުސާދުން  ދިވެހި ރާއްޖޭގައި ތަފާތު ރޭވުންތައް ރާވަމުންދާ ކަމުގެ ހެކިތައް، ޒަޔަނިޒަމް އަށް ދުނިޔޭގެ ރުހުން ހޯދުމަށް މަސައްކަތް ކުރާ  ޖަމާޢަތެއްކަމަށްވާ "އައި ފޮރޮމް ޒިޔޯން" އިން  ރާއްޖެއަށް ކުރި  ޒިޔާރަތުން  ވަނީ ހާމަވެގެން  ގޮސްފައެވެ.

މި ގޮތުން  ދިވެހި ރާއްޖެއަށް މި އައި، އިޒްރޭލުގެ "އައި ފޮރޮމް ޒިޔޯން' ޖަމާޢަތު ގެ ވެރިއަކަށް ހުރި ޔޮރާމް ހެސެލް އަކީއިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދް ގައި 30 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާމީހެއްކަން  ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ  މުސާދުގެ “ހެޑް އޮފް ގްލޯބަލް އޮޕަރޭޝަންސް، އިންޓެލިޖެންސް އެންޑް ފޮރިންރިލޭޝަންސް ޑިވިޝަން” (މުޅިދުނިޔޭގައި ހިންގާ ކަންތައް ތަކާއި، ޖާސޫސީޙަރަކާތް ތަކާއި އަދި ޚާރިޖީ ގުޅުން ތަކާއި ބެހޭ ޑިޕާރޓްމެންޓް ގެ އެންމެއިސްމީހާ) ގެ މަގާމުފުރާފައެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާ މުސާދުގެ ލޯ ރާއްޖެއަށް އަމާޒުވަމުންދާއިރު ، އިސްލާމީ އެހެން ޤައުމުތަކުގައި، އެ މީހުންނަށް ނަފްރަތު ކުރާ (ސިޔާސީ އަދި ދީނީ ) މީހުންމައިތިރި ކުރުމަށާއި ދީނީ ޖަމާޢަތްތަކުގެ ބާރުކަނޑުވާލުމަށް ދެމުންދާ ފަދަ  ޓެރަރިޒަމް ގެ ޙަމަލާތަކެއްރާއްޖޭގައިވެސްދީފާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

ދިވެހި ސަރުކާރުގެ ޚާރިޖިއްޔާއިން އިޒްރޭލަކީ މެދުމިން ސިޔާސަތެއް ގެންގުޅޭ ޑިމޮކްރެޓިކް ޤައުމެއްކަމަށް  ސިފަކުރާއިރު އިޒްރޭލު ދުނިޔެއަށް މަޝްހޫރުވެފައިވަނީ  އެ މީހުން ބޭނުންވާ މަޤްސަދުތައް ޙާސިލު ކުރުމަށް ސްޓޭޓް ޓެރަރިޒަމް ހިންގަމުންދާ ނަސްލީ އިމްތިޔާޒުގެބައެއްގެ ގޮތުގައެވެ.

ޓެގް

ހަމަލާ އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.