ދުނިޔެ އެމެރިކާގައި ކުރިއަށްދިޔަ އިވެންޓަކަށް ދިން ބޮމުގެ ހަމަލައެއްގައި 3 މީހަކު މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ

އެމެރިކާގައި ކުރިއަށްދިޔަ އިވެންޓަކަށް ދިން ބޮމުގެ ހަމަލައެއްގައި 3 މީހަކު މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ

އެމެރިކާގައި ކުރިއަށްދިޔަ އިވެންޓަކަށް ދިން ބޮމުގެ ހަމަލައެއްގައި 3 މީހަކު މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ބޮސްޓަންގައި ކުރިއަށްދިޔަ ދުވުމުގެ އިވެންޓެއް ކަމަށްވާ (ބޮސްޓަން މެރަތަން) އަށް ބޮމުގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން ތިން މީހަކު މަރުވެ 144 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނޭ ކަމަށް ބައެއް ނޫސް އެޖެންސީތަކުން ހާމަކުރެއެވެ.

ކުރިން އެއްވެސް އިންޒާރެއް ދިނުމަކާއި ނުލާ ބޮސްޓަންގައި ކުރިއަށްދިޔަ މި ކުޅިވަރު އިވެންޓްއަށް ބޮމުގެ ދެ ހަމަލާއެއްވަނީ ދީފައެވެ.

އެކި ޤައުމުތަކުން 27،000 އެއްހާ މީހުން ބައިވެރިވި މިދުވުން އެއްބަޔަކު ފުރިހަމަކުރި ފަހުން ދިން މި ހަމަލާއާ އެކު މުޅި އެ ޤައުމުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

އަދި އެ ދެ ހަމަލާއަށް ފަހު ރައީސް ބަރަކް އޮބާމާ ވަނީ އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އަދި ހާމަކުރަން ނޭނގޭ ކަމަށާއި އެކަމަކު އެ ބަޔަކު ހޯދާނެ ކަމަށް ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.