ޔާހޫދީ ޒަޔަނިސްޓް ޑޮކުޓަރުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ނުދިނުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގޮވާލައިފައިވަނިކޮށް، ޔަހޫދީ ޑޮކުޓަރުންތައް އައި.ޖީ.އެމް ހޮސްޕިޓަލުގައި ޚިދުމަތްދީ އޮޕަރޭޝަން ކުރަން ފަށައިފިއެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުގައި މިޑޮކުޓަރުންތައް އައި.ޖީ.އެމް ހޮސްޕިޓަލުގައި ޚިދުމަތްދީ އޮޕަރޭޝަން ކުރަންފެށީ މެޑިކަލް ކައުންސިލަށް އެމީހުންގެ މަޢުލޫމާތު 3 ފަހަރަށް ހުށަހެޅިނަމަވެސް އެމީހުން ރާއްޖޭގައި އޮޕަރޭޝަން ކުރުމުގެ ފެންވަރު ނެތްކަމަށް މެޑިކަލް ކައުންސިލުން ނިންމާފައިވަނިކޮށެވެ.
ދުވާލަކު 30 ވުރެ ގިނަ އޮޕަރޭޝަން ކުރާނެކަމަށް 'ޔަޙުދީ އައި ފޮރޮމް ޒިޔޮން' ޓީމުން ބުނެފައިވީ ނަމަވެސް މިޑޮކުޓަރުންގެ ޓީމު މިއަދު ކޮށްފައިވަނީ 5 އޮޕަރޭޝަނެވެ. އަދި މިއޮޕަރޭޝަންތަކަކީ ވަރަށް އާދައިގެ ރާއްޖޭގައި ޢާއްމުކޮށް ކުރަމުންދާ އޮޕަރޭޝަންތައް ކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކުޓަރެއް ކަމަށްވާ ޑރ. މައުރޫފު ޙުސައިން ވީ.ޓީވީގެ ޚަބަރަށް ފަހު ކުރިއަށްގެންދިޔަ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...