ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

އައްޑޫ ސިޓީގައި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ދަރުސްތަކެއް ބާއްވަނީ

noorul islam dharus

ނޫރުލް އިސްލާމް ޖަމިއްޔާއިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ދަރުސްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ދަރުސްތަކުގައި ވާހަކަފުޅު ދައްކަވާނީ ދީނީ ރޮނގުން ތަޢުލީމު ޙާސިލް ކުރައްވާފައިވާ ދެ ބޭކަނބަލުން ކަމަށްވާ އަލްއުސްތާޛާ މަރްޔަމް ޝަބާނާ އާއި އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއެވެ.

ފުރަތަމަ ދަރުސްބޭއްވުމަށް ހަމަޖެހިފައިވަނީ 14 މާޗް 2013 ވާ ބުރާސްފަތި ދުވަހުގެރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލް ގައެވެ. މި ދަރުސްގެ މަޢުލޫތަކަކީ އަންހެނާގެ ޙަޤީޤީ ދަރަޖަ އަދި ލާމަސީލު އަންހެނާއެވެ.

ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 މާޗް 2013 ވާ ހުކުރު ދުވަހުގެ ހަވީރު4:15 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ. މި ދަރުސްގެ މަޢުލޫތަކަކީ ހިތުގެ މޭވާ އަދި އިންސާނާ މާތްކުރައްވާފައިވަނީ ޢިލްމާއި ބުއްދީންނެވެ.ތިންވަނަ ދަރުސް ބާއްވަނީ ހަމަ އެރޭ 8:30 ގައި ޝަރަފުއްދީން ސްކޫލްގައެވެ. ދަރުސް ދިނުމަށް ހަމަޖެހިފައިވާ މަޢުލޫތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އަދި ދީނާމެދު ވެވޭ އިހުމާލެވެ.

އެންމެފަހު ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މާޗް 2013ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލް ގައެވެ.ދަރުސް ދިނުމަށް ހަމަޖެހިފައިވާ މަޢުލޫތަކަކީ، އަހަރެމެންގެ ދަރިން އަދި އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތުކުރުމެވެ.

ކޮންމެ ދަރުސްއެއް ނިމިގެން ސުވާލާއި ޖަވާބު ދިނުމުގެ ސެޝަނެއް އޮންނާނެ ކަމަށް ނޫރުލް އިސްލާމް ޖަމިއްޔާއިން މަޢުލޫމާތު ދެއްވައެވެ. އަދި މި ދަރުސްގައި ވީހާވެސްގިނަ އަންހެން ބޭކަނބަލުން ބައިވެރިވެ ވަޑައިގަތުމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އަޅެ މާލޭގަވެސް ބާއްވަބަލަ ޕްލީޒް

Your email address will not be published. Required fields are marked *