މެލޭޝިޔާގައި އިމާމު ކޯސް ހަދަމުންދާ އިމާމުންނާއި އިސްލާމިކް އެފެއާރޒް މިނިސްޓަރ ބައްދަލު ކުރައްވައިފިއެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މެލޭޝިޔާގައި ކިޔަވަމުންދާ އިމާމުންނާއި ބައްދަލުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ގައި ކަމަށާއި ބައްދަލުވުން އޮތީ އިމާމުން ކިޔަވަމުންގެންދާ ޔުނިވަރސިޓީގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ. މިނިސްޓާރ ވަނީ ކޯހުގެ ބައިވެރިންނާއި ބައްދަލުކޮށް އިމާމުންގެ ހާލު ބައްލަވާފައެވެ.
އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މެލޭޝިޔާއަށް ވަޑައިގެން އުޅުއްވަނީ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އެޑިއުކޭޝަން 2010" ގައި ބައިވެރިވުމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...