އަރަބިދުނިޔެ ޙުސްނީ މުބާރަކްގެ ޝަރީޢަތް އަލުން ކުރުމަށް މިޞްރުގެ ކޯޓަކުން ނިންމައިފި

ޙުސްނީ މުބާރަކްގެ ޝަރީޢަތް އަލުން ކުރުމަށް މިޞްރުގެ ކޯޓަކުން ނިންމައިފި

ޙުސްނީ މުބާރަކްގެ ޝަރީޢަތް އަލުން ކުރުމަށް މިޞްރުގެ ކޯޓަކުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

hosni_mubarak
މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ މައްޗަށް ވަރަށް ހާމަގޮތެއްގައި ކުރެވުނު ޝަރީޢަތް އަލުން ދެވަނަ ފަހަރަށް ކުރުމަށް މިޞްރުގެ ކޯޓުން އަމުރު ނެރުއްވައިފިއެވެ.
2011 ވަނަ އަހަރު މިޞްރުގައި ކުރިން އޮތް 30 އަހަރުގެ ދިގު ވެރިކަމަށް ނިމުމެއް ގެނައި ދިގު މުޒާހަރާތަކުގައި ބައިވެރިވި އެތައް ސަތޭކަ ޢާއްމު ރައްޔިތުންތަކެއް މެރުމަށް އަމުރުކުރެއްވިކަމުގެ ތުހުމަތުގައި ޝަރީޢަތް ކުރެވި، މިދިޔަ އަހަރުގެ ޖޫންމަހުގައިވަނީ އުމުރަށް ޖަލަށްލުމަށް ޙުކުމްކުރެވިފައެވެ.
ޙުސްނީ މުބާރަކުގެ އިތުރުން މިޞްރުގެ ކރީގެ އިންޓީރިއަރ މިނިސްޓަރު ޙަބީބް އަލްޢަދްލީ އާއި ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މުބާރަކްގެ ދެދަރިކަލުން ޢަލާ އާއި ޖަމާލް މުބާރަކްގެ ޝަރީޢަތްވެސް ދެވަނަ ފަހަރަށް ކުރުމަށް މިކޯޓުން އަމުރު ނެރުއްވާފައިވެއެވެ.
ފަނޑިޔާރުގެ މިނިންމެވުމަށް ތާއީދުކޮށް ޙުސްނީ މުބާރަކްގެ ސަޕޯޓަރުން، ކޯޓުގެ ބޭރުގައި އުފާފާޅުކުރަމުން ގެންދިޔައިރު، އޭނާއަށް އިދިކޮޅު ފަރާތްތަކުންނާއި، އެހަމަނުޖެހުމުގައި މަރުވި މީހުންގެ ޢާއިލާތަކުން އެތަނާއި މާދުރުނޫން ހިސާބެއްގައި، އެނިންމެވުމާއި އިދިކޮޅަށް އަޑުއުފުލާފައިވެއެވެ.
މިޝަރީޢަތްތަށް ބާއްވާނެ ތާރީޚެއް އަދި ކަނޑައެޅިފައެއްނުވެއެވެ.
މިޞްރުގެ ވެރިކަން ބަދަލުކުރުމަށް ކުރެވުނު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ގާތްގަނޑަކަށް 850 މީހުންގެ ފުރާނަވަނީ ގެއްލިފައެވެ.

ޓެގް

މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.