
ޣައްޒާގައި ކުރިއަށްދާ "ޕްރިޒަނަރސް ސިޓީ" ގެ ޕްރޮޖެކްޓުގެ ދަށުން ގެތައް އިމާރާތް ކުރުމަށް ހިންގޭ މަޝްރޫޢަށް، ޔުނައިޓަޑް އެރަބިކް އެމިރޭޓްސް (އިމާރާތު) ގެ ސަރުކާރުން 50 މިލިޔަން ޑޮލަރު ދެއްވައިފިކަމަށް ޣައްޒާގެ ހައުސިންގް މިނިސްޓަރު ޔޫސުފް ޞުބުޙީ އަލްޣާރިޒް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
ޣައްޒާގައި އަލަށް ހެދެމުންދާ ޕްރިޒަނަރސް ސިޓީ ނުވަތަ ބަންދުކުރެވިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމުގެ ގޮތުން ޣައްޒާގެ މެދުގައި ތަރައްޤީ ކުރެވޭ ހިސާބުގަނޑެއްގައެވެ. މިސިޓީއަށް ނަން ދިނުމަށް ހަމަޖެހިފައިވަނީ އިމާރާތުގެ ލީޑަރު ޝައިޚް ޚަލީފާ ބިން ޒީޔާދު އައްނަޙްޔާނުގެ ނަންފުޅުންނެވެ.
މިދިޔަ އަހަރު ޤަޠަރު ސަރުކާރުންވެސް ވަނީ ޣައްޒާގައި ކުރެވެމުންދާ ހަނގުރާމައިގައި ގެއްލުންލިބޭ ގެތައް މަރާމާތުކޮށް، ނުވަތަ އަލުން އިމާރާތްކުރުމަށްޓަކައި ފަންޑު ހޯދުމަށް އޮންނަ ރީކޮންސްޓްރަކްޝަން ފަންޑުތަކަށް 400 މިލިޔަން ޑޮލަރުގެ އެހީއެއް ދެއްވަން ނިންމަވާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރ ގައި، މިޞްރާއި އިސްރާއީލުން ކޮށްފައިވާ 6 އަހަރުގެ ބޭން މުގުރާލުމަށްފަހު، އެ ޕްރޮޖެކްޓަށް ބޭނުންވާ އިމާރާތްކުރުމުގެ ސާމާނާއިއެކު ޣައްޒާގެ ބޯޑަރުން އެތެރެވެފައެވެ.
ޣައްޒާގައި ހެދޭ " ޕްރިޒަނަރސް ސިޓީ " ޕްރޮޖެކްޓަށް ޔޫ އޭ އީ އިން 50 މިލިޔަން ޑޮލަރު ހަދިޔާކުރައްވައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...