ރާއްޖޭގެ ޚަބަރު

އުދާސްގެއިން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާއާއި މަސްތުވާތަކެތި ހޯދާ އެކަކު ހައްޔަރުކޮށްފި

News-PIC-New-Size66

 

އައްޑޫ ސިޓީ ހިތަދޫ އުދާސްގެ ތެރެއިން ތޫނު ހަތިޔާރާއި ބައިލައްކަ އަށްވުރެ ގިނަ ރުފިޔާއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޯދާ އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރާގޮތުގައި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. އިތުރަށް ހާމަކުރި ގޮތުގައި އެމީހާ އާއި ތަކެތި އަތުލައިގެންފައިވަނީ މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އުދާސްގޭގައި ގްރޫޕް ހަރަކާތް ރާވާ ހިންގާ ކަމަށް ތުހުމަތުކުރެވިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ގެ ބަލާ ފާސްކުރިކުރުމުންނެވެ. އެގޮތުން މާރާމާރީ ހިންގުމަށް ގެންގުޅޭ ޒާތުގެ ތޫނު ހަތިޔާރާއި ބައިލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމްހުސްކުރި ދަޅަކާއެކު އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފާވާކަމަށް ފުލުހުން ހާމަކުރި އެވެ.

މާރާމާރީ ހިންގުމަށް ގެންގުޅޭ ޒާތުގެ 1 ފޫޓް ހުންނަވަރުގެ ބެނެޓް ވަޅި ހޯދާފައިވަނީ އެގެ ބަލާ ފާސްކުރިކުރުމުން އެގޭގެ ބޭރުގައި ހުރި އެޅިގާ ތަކެއްގެ ތެރެއިންނެވެ. އަދި ކުޑަ ބެނެޓް ވަޅި ހޯދާފައިވަނީ އެގޭގެ ކޮޓަރިއެއްގެ ތެރޭ ހުރި އަލަމާރިއަކުން ކަމަށް ފުލުހުން ހާމަ ކުރެއެވެ. އަދި އެހެން އަލަމާރިއެއްގެ ތެރެއިން -/70050ރ (ހަތްދިހަ ހާސް ފަންސާސް ރުފިޔާ) ފެނިފައިވާކަމަށްވެސް ފުލުހުން އިތުރަށް ހާމަ ކުރެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށް ގެންގުޅެފައިވާ ކަމަށް ބެލެވޭ ކުދި ރަބަރު ޕެކެޓްތަކެއް އެގެއިން ފެނިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމްހުސްކުރި ދަޅެއްވެސް އެގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓާ ހޯދާފައިވާ ކަމަށް ފުލުހުން އިތުރަށް ހާމަކުރިއެވެ.

މި ޑިސެމްބަރ މަހު 23 ވަނަ ދުވަހުވެސް ށ. މިލަންދޫގައި ވަނީ މަސްތުވާތަކެތި އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *