އަރަބި ބަހާއި އިސްލާމީ އަގީދާއާ ބެހޭ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ އިސް ވަފުދެއް އަންނަ މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ އަންނަ މަހުގެ 8 ކުން ފެށިގެން އެއް މަސް ދުވަހަށް ރާއްޖެ ޒިޔާރަތްކުރާ މި ވަފުދުން މާލެ އާއި އަތޮޅުތަކުގައި ދީނީ ދަރުސް ދެއްވުމުގެ އިތުރުން އިލްމުވެރިންގެ މަހާސިންތާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މީގއ އިތުރުން ރާއްޖެ ވަޑައިގަންނަވާ މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް ޔުނިވަސިޓީގެ ޑރ. ހުސައިން ބިން ޝަރީފް އަލް އަބްދަލި އާއި ޕްރޮފެސަރު އަބްދުލް ކަރީން ބިން ސުނައިތާނުލް އުމަރީ އާއި ޕްރޮފެސަރު ބަދަރު ބިން މުހައްމަދު އުއްމާޝް އާއި ޑރ. ބަރީކް ބިން މުހައްމަދު އަބޫ މާލިޔާ އާއި ޑރ. އުބައިދު ބިން އަލީ އުބައިދު އާއި ޑރ. ސުލައިމާން ބިން ސާލިމް އައްސުހައިމީގެ އިތުރުން ޝައިހް މުހައްމަދު ބިން ސާލީހް އަބޫ ސާލިހް ކަމަށާއި މިއީ ގިނަ އަދަދެއްގެ އިސް ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...