ރާއްޖޭގެ ޚަބަރު މަސްވެރިކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ތަރައްޤީ ކުރުން މުހިންމު ކަމެއް ރައިސް ވަހީދު ވިދާޅުވެއްޖެ

މަސްވެރިކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ތަރައްޤީ ކުރުން މުހިންމު ކަމެއް ރައިސް ވަހީދު ވިދާޅުވެއްޖެ

މަސްވެރިކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ތަރައްޤީ ކުރުން މުހިންމު ކަމެއް ރައިސް ވަހީދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް މުހައްމަދު ވަހީދު | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

މަސްވެރިކަމުގެ ޞިނާޢަތް ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ތަރައްޤީ ކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވެފައިވަނީ، މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

ރައިސް ވަހީދު ވިދާޅުވީ ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން އެކުލަވައިލާފައިވާ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެކި ކުންފުނިތަކުންވެސް މަސް ޕްރޮސެސް ކުރުމުގަޔާއި، މަސް ފިނިކޮށް ރައްކާކުރުމުގައި ބޭނުންކުރާ ގޭހުގެ ބަދަލުގައި ތިމާވެށްޓާ ރަޙްމަތްތެރި ގޭސް ބޭނުންކުރަން ފެށުމަކީ މިވަގުތު އަހަންމިއްޔަތުކަން ދޭންޖެހިފައިވާ ކަމެއް ކަމުގައިއެވެ.

މީގެ އިތުރުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސްވެރިކަން ތަރައްޤީ ކުރުމަށާއި، މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމާއި އެކަމުގެ ނަތީޖާ ފެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދިހަމަ މިއާއެކު މަސްވެރިކަމުން ރާއްޖެ ހާސިލްކުރި ކާމިޔާބީ ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް މަސްވެރިންނަށާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ރައީސްގެ ޚިތޯބުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.