ގެއްލިގެން ހޯދަމުންދާ ހިތްވަރު ބޯޓުން ދަތުރުކުރި 8 މީހަކު ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓަކުން ރޭ ނަގައިފިއެވެ.
މިކަން އެމްއެންޑީއެފުން މިހާރުވަނީ ކަށަވަރު ކޮށްދީފައެވެ.
ކޯސްޑުގާޑު އެސަރަހައްދަށް ދިއުމަށް ރޭގެ ވަގުތެއްގައި ވަނީ ފުރާފައެވެ.
ހިތްވަރު ބޯޓް ގެއްލުނުއިރު އޭގައި ތިބީ ތިން ބިދޭސީންނާއި ހަ ދިވެހިންނާއި އަދި 11 އަހަރުގެ ކުޑަކުއްޖަކާއެކު ޖުމަލް 10 މީހުންކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ގެއްލުނު 10 މީހުންގެ ތެރެއިން އަނެއް ދެ މީހުންނަށް ވީ ގޮތެއް އަދި ވަނީ ސާފުނުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...