މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.
މިކަމާ ގުޅިގެން ފުލުހުން ހާމަކުރަށްވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުގެރޭ 23:30 ހާއިރު ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއިންކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އެޕެކެޓްތައް ފެނިފައިވަނީ އެމީހާ އިނށީދެގެން އިން ގޮނޑި ކަރީގައި އޮތް ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...