ށ. ކަނޑިތީމުގެ ޒުވާނުންކޮޅަކާއި ރަށު ސުކޫލާއި ރަށު އޮފީހާއި ގުލިގެން ޝެއިހް ސަމީރުގެ ދަރުސެއް ބާއްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 8.45 ގައި ރަށުގެ ސްޓޭޖްގައި ބޭއްވި މިދަރުސްގައި ޝެއިހް ވާހަކަ ދައްކަވާފައިވަނީ "ހަޔާތުގެ މަޤްސަދު" އާއި ގުޅޭގޮތުންނެވެ.
ހުކުރު ދުވަހު ރޭ ބޭއްވި މި ހާއްސަ ދަރުހަށް ރެކޯޑް އަދަދަކަށް މީހުން ގޮސްފައިވާކަމަށް ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތަކުން ދިއިސްލާމްއަށް ހަބަރުދެއެވެ. ޝެއިހް ސަމީރުގެ ދަރުހަށްފަހު އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ. އެސުވާލުތަކަށް ޖަވާބު ދެއްވީ ޝެއިހް ސަމީރުގެ އިތުރުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިހް އަބްދުﷲއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވުނު ދަރުހުގެ ކުރިން އެދުވަހު މެންދުރު 2 ޖެހިއިރު ރަށުގެ މަދަރުސާގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ވަނީ ދަރުސްއެއް ބާއްވާފައެވެ. 'ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވަނީ މިދަރުސްގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ދަރިވަރުން ގިނަ ވަގުތު ގޭން ބޭރުގައި ނޫޅުމަށާއި ނަތީޖާ ރަނގަޅު ކުރުމަށް ބޭނުންނަމަ މުދައްރިސުންނަށް އިހުތިރާމް ކުރުމަށް." ޝެއިހުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...