“އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން” މިނަމުގައި ބޭއްވި ހިނގާލުމަކީ ”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހިނގާލުމެކެވެ. މިހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވޭ.
ދިއިސްލާމް.ކޮމް އިން މިހިނގާލުމުގެ މައުލޫމާތުތައް ‘ލައިވްބްލޮގް’ގެ ޒަރީއާއިން އިންޝާﷲ ގެނެސްދެވޭނެއެވެ.
[time]5:40[/time]
“އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން” މިނަމުގައި ”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ހިނގާލުން ނިމުނީ.
މިހިނގާލުމުގެ އިތުރު ފޮޓޯ އާއި ވީޑީއޯ އިންޝާﷲ ވަރަށް އަވަހަށް ދިއިސްލާމް އަށް އަޕްލޯޑް ކުރެވޭނެއެވެ.
[end/]
[time]5:38[/time]
ހިނގާލުން ނިންމާލާފައިވަނީ ރާޅުގަނޑު ސަރަހައްދަށް މަޑު ކުރުމަށްފަހު ހާއްސަ ދުޢާއަކުން.
ނިންމާލަމުން ”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ގެ ރައީސް ހިނގާލުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ވިދާޅުވީ މިހިނގާލުމުން އަންގައިދޭން ބޭނުންވަނީ އަޅުގަނޑުމެން ދިވެހިން ތިބީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއި އެކުގައިކަން ކަމުގައެވެ.
[end/]
[time]5:30[/time]
ހިނގާލުމުގެ ބައިވެރިން މިހާރު ކުރިއަށް ދަނީ ސުނާމީ ބިނާ ކައިރިއަށް. ސުނާމީ ބިނާ ކައިރިއަށް މަޑުކުރުމަށްފަހު ހިނގާލުން ނިންމާލެކަމަށް ވަނީ ޚަބަރު ލިބިފައި.
[end/]
[time]5:25[/time]
ޝެއިޚް ތައްޔިބް އަނެއްކާވެސް ބައިވެރިންނާއި މުހާތަބްކޮށް ވާހަކަ ދައްކަވަނީ.
ހިނގާލުން މިހާރު ހުރީ ހެންވޭރު ދަނޑާއި ހިސާބުގައި.
[end/]
[time]5:20[/time]
ޝެއިޚް ތައްޔިބް އަނެއްކާވެސް ބައިވެރިންނާއި މުހާތަބްކޮށް ވާހަކަ ދައްކަވަނީ.
ހިނގާލުން މިހާރު ހުރީ ހެންވޭރު ދަނޑާއި ހިސާބުގައި.
[end/]
[time]5:15[/time]
ހިނގާލުން ކުރިއަށް ދިޔައިރު ހަސަން ޝާކިރު ބައިވެރިންނާއި މުހާތަބްކޮށް ވާހަކަ ދައްކަވަނީ
[end/]
[time]5:10[/time]
ހިނގާލުން ސޯސަން މަގާއި އަރާ ހަމަވެއްޖެ. މިހާރު ހިނގާލުން މިސްރާބު ހުރީ މަޖީދީމަގުން އާރޓިފިޝިއަލް ބީޗާއި ދިމާއަށް. ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވޭ.
[end/]

”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން ބާއްވާ ހިނގާލުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގު
[time]5:00[/time]
ހިނގާލުމުގެ ތެރެއިން ޝެއިޚް މައުމޫން ވާހަކަ ދައްކަވަނީ. ޝެއިޚް މައުމޫން ދަނީ އެބޭފުޅާގެ ޝުއޫރުތައް ފާޅުކުރަމުން..
[end/]
[time]4:50[/time]
ހިނގާލުމުގެ ތެރެއިން ބައިވެރިންގެ ޝުއޫރު ފާޅުކުރަމުން އެބަދޭ. ފަލަސްތީނާއި އެކު ދިވެހިން ތިބިކަން އަންގައިދިނުމުގެ ގޮތުން ބޯޑުތަކާއި ބެނޭތައް ހިނގާލުމުގައި ބޭނުންކުރަމުން ދޭ.

”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން ބާއްވާ ހިނގާލުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގު
[end/]
[time]4:45[/time]
”އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން“ މިނަމުގައި ބާއްވާ ހިނގާލުން މަޖީދީމަގުން ކުރިއަށް އެބަދޭ. ހިނގާލުން ފަށާފައިވަނީ ސޯސަލް ސެންޓަރު ކައިރިން.
[end/]
[time]4:40[/time]
އައްޝައިޚް މުޙައްމަދު ޠައްޔިބް ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ
ޒަޔަނިސްޓް އިޒްރޭލުން ހަނގުރާމަ ހުއްޓާލިކަން އިއުލާން ކުރިނަމަވެސް އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ މީގެ ކުރިންވެސް އެފަދަ އެތައް އެއްބަސްވުމެއް ވި ކަމަށާއި އެއެއްބަސްވުންތަކަށް އެމީހުން ބޯނުލަނބާކަމަށްވެސް ޝެއިޚް ތައްޔިބްގެ ވާހަކާގައި ވިދާޅުވިއެވެ. އެހެންކަމުން "ޤާޒާގައި ހިނގަމުންދާ ޤަތުލް އާންމާއި ދެކޮޅަށް އަޑު އުފުލަން ޖެހޭނޭ"ކަމަށެވެ.
[end/]

”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން ބާއްވާ ހިނގާލުމުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: ވިޝާހް
[time]4:35[/time]
ހިނގާލުމުގެ ކުރިން ”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ރައީސް އައްޝައިޚް މުޙައްމަދު ޠައްޔިބް ވާހަކަ ދައްކަވަނީ.
ޝެއިޚް ގެ ވާހަކާގައި "އަނިޔާތަކަށް ޤާފިލްވެގެންނުވާނެކަމަށާއި ދިވެހިން މިހެން އަރާމުގައި ގޭގައި ތިބެގެން ނުވާނެ"ކަމަށެވެ. އަދި ޤާޒާގައި ހިނގަމުންދާ ޤަތުލް އާންމާއި ދެކޮޅަށް އަޑު އުފުލަން ޖެހޭނޭ"ކަމަށެވެ.
[end/]
ހިނގާލުން ފެށާފައިވަނީ ޤުރުއާނުގެ ބަރަކާތުން
[end/]
[time]4:15[/time]
”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން އެޖަމިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު ޠައްޔިބް ވިދާޅުވީ “އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން” މިނަމުގައި ބާއްވާ ހިނގާލުމެއް ބާއްވަން ހަމަޖެއްސީ ފަލަސްޠީނުގެ ރައްޔިތުންނަށް ނުޙައްޤުން ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައިކަމަށެވެ. އަދި މިއީ ސުލްހަވެރި ކަމާއި އެކު ކުރިއަށްދާނެ ހިނގާލުމެއްކަމަށެވެ. މީގެ އިތުރުން އައްޝައިޚް ޠައްޔިބް ވިދާޅުވީ ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްޠީނަށް ހަމަލާދިނުން ހުއްޓާލިކަމަށް އެއްބަސް ވިޔަސް އެބައިމީހުންނަކީ ވާއަހުދުތަކާ ޚިލާފްވާ ބައެއް ކަމަށާއި އެމީހުން އެހެން ބުނަމުން ދިޔަކަމުގައި ވީނަމަވެސް މިކަމަށް އަޑުއުފުލުމަށްޓައި ހިނގާލުން ކުރިއަށް ދާނެ ކަމަށެވެ.
[end/]

ކޮމެންޓް (0)
ލޯޑް ކުރަމުން...