ވާހަކަ ތިބާއަށް (އަނެކާއާއި މެދު) ކަންތައްކުރެވޭ ގޮތް ނޭނގުނުކަމުގައި ވިޔަސް އަނެކާއަށް އެނގޭނެއެވެ.

ތިބާއަށް (އަނެކާއާއި މެދު) ކަންތައްކުރެވޭ ގޮތް ނޭނގުނުކަމުގައި ވިޔަސް އަނެކާއަށް އެނގޭނެއެވެ.

ތިބާއަށް (އަނެކާއާއި މެދު) ކަންތައްކުރެވޭ ގޮތް ނޭނގުނުކަމުގައި ވިޔަސް އަނެކާއަށް އެނގޭނެއެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މީހުންނާއި މެދު (އަހަރުމެން) ޢަމަލުކުރާގޮތުގެ އަސަރު އެމީހުންނަށް ކުރެއެވެ. އެއީ އެކަން އަހަރުމެންނަށް ފާހަގަވެ އެނގުނުކަމުގައި ވިޔަސް ނުވަތަ ނޭނގުނު ކަމުގައި ވިޔަސްމެއެވެ. މިލިޓަރީ ކޮލެޖެއްގައި، ތޭރަ އަހަރު ވަންދެން އިމާމެއް ގޮތުގައި އަހަރެން ވީމެވެ. އަހަރެން މިސްކިތަށް ދާން ކޮލެޖަށް ވަންނަ އިރުގައި އެތަނުގެ ގޭޓުގައި ގާޑެއް ހުރެއެވެ.

އަހަރެން އެގާޑުމީހާ ގަތުންލާފައި ދާ ކޮށްމެ ފަހަރަކު އޭނާއަށް ހީލާ ސަލާމްގޮވާލުމުގެ ގޮތުން އަތުން އިޝާރާތްކޮށްލާ ހަދަމެވެ. ނަމާދުކޮށް ނިމުމުން އަހަރެންގެ ކާރަށް އަރައިގެން އަހަރެން އަނެއްކާވެސް ދަނީ އަހަރެންގެ ގެއަށެވެ. ޢާއްމުގޮތެއްގައި އަހަރެން ނަމާދުކުރުމަށް ހުންނަ އިރުގައި އަހަރެންގެ ފޯނަށް ވަރަށް ގިނަ މިސްކޯލާއި މެސެޖް އާދެއެވެ. ނަމާދުކޮށް ނިމުމުން އަހަރެން ކޮލެޖުން ނިކުންނަ އިރު އަހަރެން އަންނަނީ އެ މިސްކޯލްތައް ބަލާ މެސެޖްތައް ކިޔަމުންނެވެ. އެހެންކަމުން އެނބުރިދާ ހިނދުގައި އެގާޑު މީހާއަށް ސަލާމް ގޮވާލުމަށް ހަނދާނެއް ނުހުރެއެވެ.

މިހެން ދުވަސްތައް ތަކުރާރުވަމުންދަނިކޮށް އެއްދުހެއްގައި އަހަރެން ވަރަށް ހައިރާން ކުރުވީ އޭނާ (ގާޑްމީހާ) އަހަރެން ހުއްޓުވާފައި އަހަންނާ ކުރި ސުވާލުންނެވެ. އޭނާ ބުންޏެވެ.” އޭ ލޮބުވެތި ޝޭޚެވެ. ޝޭޚު ތިހުންނަވަނީ އަހަރެންދެކެ ނުރުހުންވެ ހިތްހަމަ ނުޖެހިފައިތޯއެވެ؟“

އަހަރެން ޖަވާބުގައި ބުނީމެވެ. ”އަހަރެން ތިބާ ދެކެ ހިތްހަމަ ނުޖެހެންވީ ކީއްވެގެން ހެއްޔެވެ؟“

ދެން އޭނާ ބުންޏެވެ. ”ޝޭޚު ގޭޓުން ވަންނައިރު ހުންނަނީ ވަރަށް ހިނިތުންވެ، ވަރަށް އުފާވެފައެވެ. އެހެނަސް ނިކުންނަ އިރު މޫނުމަތިން ހިނުތުންވުމެއް ފެންނާކަށް ނުހުރެއެވެ.“

ގާޑު މީހާ ވަރަށް އިޚްލާޞްތެރިކާމާއެކު ވާހަކަ ދެއްކިއެވެ. އަދި އޭނާ ހުވާކޮށްފައި، އަހަރެންނަށް އޭނާ ލޯބިކުރާ ވަރާއި އިޙްތިރާމްކުރާ ވަރު ބުނެދިނެވެ. އަދި އަހަރެން ފެނުމުން އުފާވާ މިންވަރު ވެސް ކިޔާދިނެވެ. އެހެންކަމުން އަހަރެން އޭނާގެ ކިބައިން މަޢާފަށް އެދުނީމެވެ. އަދި އެގޮތަށް ކަންތައް ދިމާވަނީ ކީއްވެގެންކަން ކިޔާދިނީމެވެ.

މިހެން މިކަން ދިމާވުމުން އަހަރެންނަށް ވިސްނުނެވެ. އަރުމެން ކޮންމެ ކަމެއްވެސް ކުރަން އާދަވުމުން، އެއީ އަހަރުމެންގެ ޠަބީޢީ ކަމެއްކަމުގައި ވެގެންދެއެވެ. އަދި އަހަރުމެން އެކުރެވެނީ އެކަމުގެ ސަބަބުން އެހެންމީހުންނަށް ނުތަނަވަސްކަން ގެނުވައިދޭ ކަމެއް ކަމުގައި ވިޔަސް އެހަރުމެންނަށް އެކަމެއް ނޭނގެއެވެ. އަދި އަބަދުވެސް އިޚްތިޔާރަކާއި ނުލައި އެގޮތަށް އެކަން ތަކުރާރު ކުރެވެމުން ދެއެވެ. މިކަންތައްތައް އަހަރުމެންނަށް ފާހަގަ ނުކުރެވުނު ކަމުގައިވިޔަސް އަނެކާއަށް އެކަން ފާހަގަކުރެވެއެވެ.

މަސްދަރު: ކްލިކް4އިސްލާމް.ކޮމް

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.