ދުނިޔެ ފަލަސްޠީނަށް ތާއީދު އޮތްކަން ހާމަކޮށް އެނޮނީމަސް ގުރޫޕުން އިޒްރާއީލްގެ ވެބްސައިޓްތަކަކަށް ހަމަލާދީފި

ފަލަސްޠީނަށް ތާއީދު އޮތްކަން ހާމަކޮށް އެނޮނީމަސް ގުރޫޕުން އިޒްރާއީލްގެ ވެބްސައިޓްތަކަކަށް ހަމަލާދީފި

ފަލަސްޠީނަށް ތާއީދު އޮތްކަން ހާމަކޮށް އެނޮނީމަސް ގުރޫޕުން އިޒްރާއީލްގެ ވެބްސައިޓްތަކަކަށް ހަމަލާދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހާރު އިޒްރާއީލުން ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އަދި މިޙަމަލާ ބަދަލުކުރުންތަކުގައި ފަލަސްޠީނަށް ތާއީދު އޮތްކަން ހާމަކޮށް ހެކަރުންގެ މަޝްހޫރު ގުރޫޕެއްކަމަށްވާ އެނޮނީމަސް އިން އިޒްރާއީލް ސަރުކާރުގެ މުޙިއްމު ގިނަ ވެބްސައިޓްތަކަކަށް ހަމަލާދީފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެނޮނިމަސް އިން ވަނީ، އިޒްރާއީލުގެ އަސްކަރިއްޔާގެ ވެބްސައިޓްތަކަށާއި، އިޒްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ވެބްސައިޓަށާއި، އިޒްރާއީލުގެ ސަލާމަތީ ކަންކަމާ ގުޅޭ އަދި މާލީ ކަންކަމާ ގުޅޭ 40 އަށް ވުރެ ގިނަ ވެބްސައިޓްތަކަކަށް ހަމަލާދޭނެކަން އިޢުލާންކޮށްފައެވެ.

"ޣައްޒާ އާއި ހިފާފައިވާ ސަރަޙައްދުތަކުގެ މީސްތަކުންނަށް. މި ހަނގުރާމާގައި އެނޮނިމަސް ވަނީ ތިޔަބައިމީހުންނާއެކުގައިކަން ދަންނާށެވެ. އިޒްރާއީލުގެ ނުލަފާ ދިފާޢީ ފައުޖުތައް ތިބައިމީހުންނާ ދެކޮޅަށް އަނިޔާވެރިވާ އަނިޔާވެރިވުން ހުއްޓުވުމަށް އަހަރެމެންނަށް ލިބި އޮތް ބާރަކުން ކުރެވުނު ކަމެއް އަހަރެމެން ކުރާނަމެވެ. އަހަރެމެންނަށް ލިބިފައިވާހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން، ތިބައިމީހުން އިންޓަރނެޓަށް ގުޅިފައިވާނޭކަން ޔަޤީންކޮށްދޭނަމެވެ. އޭރުން ތިބައިމީހުން ތި ތަހައްމަލުކުރާ ކަންތައް މުޅި ދުނިޔެއަށް ހާމަކޮށްދެވޭނެއެވެ." އެނޮނިމަސް އިން އެމީހުންގެ ވެބްސައިޓެއްގައި ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވެއެވެ.

މިކަންތައް ތަކާ ދިމާކޮށް އިޒްރާއީލުން އަންނަނީ ޣައްޒާއަށް ސަޕޯރޓްކޮށް ޚަބަރު ފަތުރާ ބައެއް ވެބްސައިޓްތަކާއި ފޭސްބުކް ޕޭޖްތައް ބަންދުކުރަމުންނެވެ. އެނޮނިމަސް ގުރޫޕުން މިހާރު ވަނީ އިންޓަރނެޓް ކަނޑާލައިފިނަމަ ކަންކުރާނެ ގޮތާއި، ސަރުކާރުގެ ފާރަލުމުން ރައްކާވެތިބޭނެ ގޮތްތައް ހިމެނޭ ޕެކޭޖްތަކެއް ޢަރަބި ބަހުންވެސް އެކި ސައިޓްތައް މެދުވެރިކޮށް ބަހާލާފައެވެ.

އެނޮނިމަސްގެ ބަޔާނެއްގައި ހާމަކޮށްފައިވަނީ، "މިޞްރުގެ ކުރީގެ ހުދުމުޚުތާރު ވެރިޔާ މުބާރަކު ހާލެއްގައި ދަސްކޮށްފައިވާ ފަދައިން، އަހަރެމެންނަކީ 'އެނޮނީމަސް'، އަދި އަހަރެމެން ބަލަންތިއްބާ އެކަކަށްވެސް އިންޓަރނެޓް ކަނޑައެއް ނުލެވޭނެ. އިޒްރާއީލުގެ ދިފާޢީ ފޯސްއަށް އަދި އިޒްރާއީލުގެ ސަރުކާރަށް އަހަރެމެން މި އިންޒާރު މިދެނީ އެންމެ ފަހަރަކު. ހިފާފައިވާ ސަރަޙައްދުތަކުން އިންޓަރނެޓް ކަނޑާލައިގެން ނުވާނެ. އަދި ފަލަސްޠީނުގެ ކުށެއްނެތް މައުޞޫމް މީހުންނަށް ބިރުދައްކާ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުން މިހާރު ހުއްޓާލާ. އެހެންނޫނީ 'އެނޮނީމަސް'ގެ ހުރި ހުއްޓުމެއް ނެތް ރުޅިވެރިކަން އަންގާލަން ޖެހިދާނެ. އަދި އަހަރެމެންގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހުނު އެހެން ނުލަފާ ސަރުކާރުތަކެކޭ އެއްފަދައިން، ކަލޭމެންނަކަށްވެސް ވަކި އެކަމުން ގެއްލުމެއް ނުލިބި ސަލާމަތެއް ނުވެވޭނެ."

އެނޮނިމަސް އިން އިޒްރާއީލުގެ 40 އަށް ވުރެ ގިނަ ވެބްސައިޓަށް ހަމަލާދީފައި ވާއިރު، އިޒްރާއީލުން ބުނެފައިވަނީ އެމީހުންގެ ގިނަ ސައިޓުތައް މިހާރު އަލުން މަސައްކަތްކުރަން ފަށައިފިކަމަށެވެ. ނަމަވެސް މިއީ، އިޒްރާއީލުން އަނެއްކާވެސް ފަތުރަމުންދާ ދޮގު ހަބަރެއްކަމަށްވުމީ އެކަށީގެންވާކަމެއްކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. އިޒްރާއީލުން ފަތުރާ ދޮގު ހަބަރުތައް އަހާފައި ބިރު ނުގަތުމަށް ހަމާސްގެ އިސް އޮފިޝަލަކުވެސް އިއްޔެވަނީ ގޮވާލައްވާފައެވެ.

އެނޮނިމަސް އަކީ މީގެ ކުރިންވެސް އިޒްރާއީލަށް ތަފާތު އިންޒާރުތަކެއް ދީ، އަދި ފަލަސްތީނަށް ތާއީދުކުރާކަން ވެސް އެތައް ފަހަރަކު ހާމަކޮށްފައިވާ ގުރޫޕެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.