ރާއްޖޭގެ ޚަބަރު އަމީރުލްޙައްޖު މައްކާއަށް ވަޑައިގެންފި

އަމީރުލްޙައްޖު މައްކާއަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އަމީރުލްޙައްޖު މައްކާއަށް ވަޑައިގެންފިއެވެ.

ދިވެހި ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މިއަހަރު ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ މައްކާއަށް ވަޑައިގެންފައިވަނީ 7 ނޮވެމްބަރ ގެ ހަވީރުގެ ވަގުތެއްގައި ކަމަށް ހައްޖުގެ ހަބަރު އެންމެ ފުރިހަމައަށް ގެނެސްދޭ ދިވެހި ވެބްސައިޓް ނޫރުލް އިސްލާމް.ނެޓް އިން ހަބަރުދެއެވެ. ނޫރުލް އިސްލާމް ވެބްސައިޓުން ހަބަރުދޭ ގޮތުގައި ޑރ ޢަބްދުލްމަޖީދަށް ޖިއްދާގެ އެއާޕޯޓުން މަރުޙަބާ ދެންނެވީ ދިވެހި ޙައްޖުމިޝަންގެ އިސްބޭފުޅުންނެވެ.

މިނިސްޓަރ ޑރ ޢަބްދުލްމަޖީދު އަންނަ އަންގާރަ ދުވަހުގެ ރޭ މަދީނާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ނޫރުލްއިސްލާމް ވެބްސައިޓުގައިވެއެވެ.

ޓެގް

ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.