އޭޝިއާ 2014 ވަނަ އަހަރުގެ ނިޔަލަށް އަފްޣާނިސްތާން ހަވާލުކުރެވޭވަރުވާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ބުނެފި

2014 ވަނަ އަހަރުގެ ނިޔަލަށް އަފްޣާނިސްތާން ހަވާލުކުރެވޭވަރުވާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

2014 ވަނަ އަހަރުގެ ނިޔަލަށް އަފްޣާނިސްތާން ހަވާލުކުރެވޭވަރުވާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ބުނެފިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ރޮބަޓް ގޭޓްސް ބުނެފައިވަނީ އެމެރިކާއިން އަފްޣާނިސްތާނުގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަނުގެ މަސައްކަތް ނިންމުމަށްފަހު 2014 ގެ ނިޔަލަށް އަފްޣާނިސްތާނުގެ ސަރުކާރަށް ހުރިހާ ކަމެއް ހަބާލުކުރެވޭނެ ވަރު ވާނެކަމަށް އުންމީދު ކުރާ ކަމަށެވެ. އެމެރިކާ އާއި ނޭޓޯގެ ލަޝްކަރަށް އަފްޣާނިސްތާނުގައި ކުރިމަތިވާ ބޮޑެތި ގެއްލުމުގެ ސަބަބުން އަފްޣާނިސްތާނުގެ މުޒާހިދުންނާއި ވާހަކަތައް ކުރިއަށްދާ މިފަދަ ދަނޑިވަޅެއްގައި ހަނގުރާމަ ނިންމާލާނެކަމަށް ތާރީހެއް ލަފާކުރުމަކީ 'ބަލިވުމުގެ' ނިޝާނެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެމެރިކާއިން މިހާރު ވިސްނަނީ އަފްޣާނިސްތާނު މުޖާހިދުންނާއި ހަނގުރާމަ ކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކަންތައްތައް ހައްލުކުރުމަށެވެ. އެހެނަސް މިވާހަކަތަކުގެ ތެރެއިންވެސް ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.