ރާއްޖޭގެ ޚަބަރު ފެހިހިރި ޓިއުޝަން ކުލާހުގެ އިނާމުދިނުމާއި ރިޕޯޓްދިނުމުގެ ޙަފްލާ ބާއްވައިފި

ފެހިހިރި ޓިއުޝަން ކުލާހުގެ އިނާމުދިނުމާއި ރިޕޯޓްދިނުމުގެ ޙަފްލާ ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެ އިސްލާމް

2010 ވަނަ އަހަރު ފެހިހިރި ޓިއުޝަން ކުލާހުން ބާއްވާފައިވާ މުބާރާތްތަކުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމާއި، ރިޕޯޓް ފޯމް ދިނުމާއި، އަދި މިހައަހަރު ޕްރީސްކޫލް ލެވެލް 2 (ޔޫކޭޖީ) ނިންމި ކުދިންނަށް ހަނދާންނީ ލިޔުން ދިނުމާއި ދަސްވެނިވުން ބާއްވައިފިއެވެ.

ފެހިހިރި ޓިއުޝަން ކުލާހުން މިއަހަރު ބޭއްވިފައިވާ މުބާރާތްތަކުގެ ތެރޭގައި، ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މުބާރާތަކާއި، ދުޢާ ހިތުދަސްކުރުމުގެ މުބާރާތަކާއި، ތަރުޖަމާ ކުރުމުގެ މުބާރާތަކާއި ދިވެހި ކިޔުމުގެ މުބާރާތަކާއި އަދި އިންގްލިޝް ރީޑިން ކޮންޕެޓިޝްން ހިމެނެއެވެ.

މުބާރާތްތަކުގައި ވަނަވަނަ އަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމުދިނުމުގެ އިތުރުން، މުޅި ޢަންމަ ފޮތް އެއްކޮށް ހިތުދަސްކޮށްފައިވާ ޢުމުރުން 5 އަހަރުގެ ދަރިވަރެއް ކަމުގައިވާ މުޙައްމަދު ޢައްލާމް ޠަލްޙަތު އަށް ޚާއްޞަ އިނާމަކާއި ހަނދާނީ ތައްޓެން ދީފައިވެއެވެ

އަންހެނުންނަށް ޚާއްޞަކޮށްގެ ބޭއްވި މި ޙަފްލާއަށް އެކުލާހުގެ ހުރިހާ ބެލެނިވެރިންގެ ފުރިހަމަ ތަރުހީބާއި އެއްބާރުލުން ލިބިފައިވާކަން ފެހިހިރި ޓިއުޝަން ކުލާހުން ފާހަގަ ކުރެއެވެ. ތުއްތުކުދިންގެ ކުލަގަދަ ތަފާތު އައިޓަމްތައް ފެނިގެން ދިޔަ މިޙަފްލާގެ ޝަފްވެރި މެހެމާނާއަކީ އަލްއުސްތާޛާ އަނާރާ ނަޢީމެވެ. ހަފްލާގައި އެންމެ ފާހަގަކޮށްލެވުނު އައިޓަމަކީ ފެހިހިރި ޓިއުޝަންކުލާހުގެ ލީޑިން ޓީޗަރ ޢާއިޝަތު ޒިފާފުގެ "ދޮންދޫނި" ސީރިސްގެ ދެ ފޮތް ކަމުގައިވާ، "މަގޭ ފުރަތަމަ ފިލިފޮތުގެ 1 ވަނަބައި" އާއި "އަކުރު ކިޔަމާ" ފޮތް ނެރެފައިވާކަމެވެ. ތުއްތު ކުދިންނަށް ތާނައަކުރު ލިޔަންކިޔަން ދަސްކޮދިނުމުގެ މަޤުޞަދުގައި ތައްޔާރުކުރެވިފައިވާ މި ސީރީސްގެ 7 ފޮތް މިއަހަރުގެ ފޮތް މޫސުމުގައި ބުކްޝޮޕްތަކުން ލިބެންހުންނެ ކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.