ޖިއްދާ އެއާރޕޯޓްގައި ދުންފަތުގެ އިސްތިއުމާލްކޮށްގެން ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
ހައްޖާއި ދިމާކޮށް ސައުދީއިން އަޅާފައިވާ މިފިޔަވަޅުގެ ދަށުން މިހާރުވެސް 12 މީހަކު ޖޫރިމަނާކޮށްފައިކަމަށް ސައުދީ ސަރުކާރުން ހާމަކުރެއެވެ. ހަބަރު ލިބޭގޮތުގައި އެ 12 މީހުން ޖޫރިމަނާކޮށްފައިވަނީ 200 ސައުދީ ރިޔާލުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށްފަހު ސައުދީ ސަރުކާރުންވަނީ އެކަން އާންމުންނަށް އެންގުމުގެ ގޮތުން ތަފާތު ކެމްޕޭންތައް ހިންގަމުންނެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކަން އަންގައިދޭ ބެނާތައް ދަނީ ހަރުކުރަމުންނެވެ. އަދި އަޑު ގަދަކުރާއިންވެސް އެކަން ދަނީ ގޮވަމުންނެވެ.
ސައުދީގެ އޮފިޝަލުން ހާމަކުރާގޮތުގައި ހައްޖުވެރިންގެ އަތުން ޖޫރިމަނާ ނުނެގި ނަމަވެސް ދުންފަތުގެ އިސްތިއުމާލްކުރުން ހުއްޓުވާނެކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...