ދުނިޔެ ހައްޖުގެ އަޅުކަން އަދާކުރުމަށް އެތަށް ހާސް ބަޔަކު މައްކާއަށާއި، މަދީނާއަށް ޖަމާވަމުން އެބަދޭ!

ހައްޖުގެ އަޅުކަން އަދާކުރުމަށް އެތަށް ހާސް ބަޔަކު މައްކާއަށާއި، މަދީނާއަށް ޖަމާވަމުން އެބަދޭ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އިސްލާމްކަމުގެ 5 ވަނަ ރުކުން ކަމުގައިވާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1.5 މިލިއަން މީޙުން މިހާރުވެސް މައްކާއަށާއި މަދީނާއަށް ވަނީ އައިސްފައެވެ. ހައްޖުގެ އަޅުކަން ފެށެން އަދި 2 ހަފްތާއެއްހާ ދުވަސް އޮތް އިރު މިހާރުވެސް ކެނޑިނޭޅީ މުސްލިމުންތައް ދަނީ އަންނަމުންނެވެ. ސައުދީ އަރަބިއްޔާއިން ލަފާކުރާ ގޮތުގައި މިއަހަރު 2 މިލިއަނަށްވުރެއް ގިނަ މީހުން ހައްޖުގެ މަތިވެރިކަން އަދާކުރާނެއެވެ.

ސައުދި އަރަބިޔާއިން އެކަނިވެސް 250000 މީހުން މިއަހަރު ހައްޖުވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ މިދިޔަ އަހަރަށްވުރެއް 10 އިންސައްތައަށްވުރެއްވެސް ބޮޑަށް މަދު އަދަދެކެވެ. ސައުދީގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި މިއަހަރު ސައުދީން ހައްޖުވާ މީހުންގެ އަދަދު މަދުކުރީ މިނާގައި އެކޮމޮޑޭޝަން ބޭނުންވާވަރަށް ނެތުމުންނެވެ.

މިދިޔަ އަހަރުގެ ހައްޖުދުވަސްވަރު ނުރައްކާތެރި ބައްޔެއްކަމުގައިވާ ސްވައިން ފްލޫ ފެތުރެމުން ގޮސްފައިވީނަމަވެސް މިއަހަރު އެފަދަ އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް ސައުދީން ހާމަކުރަށްވައެވެ. ހައްޖާޖީންގެ ތެރެއިން 5 މީހުން މިދިޔަ އަހަރު ސްވައިން ފްލޫ ޖެހިގެން މަރުވެފައިވާއިރު މުޅިއެކު 12 މީހުންނަށްވަނީ  ސްވައިންފްލޫ ޖެހިފައެވެ.

ޖެއްދާގައި ހުންނަ ކިންގް އަބްދުލް އަޒީޒް އެއާޕޯޓުން ދުވާލަކު 60000 މީހުން އެތެރެ ވަމުންދާކަމަށް އެއާޕޯޓުގެ އޮފިޝަލުން ހާމަކުރަށްވައެވެ. އަދި ކޮންމެ ދުވަހަކު އެފްރިކާއިން ހައްޖުވެރިން ގޮވައިގެން އަންނަ ކަނޑު ބޯޓުތަށްވެސް ޖެއްދާއަށް އަންނަމުންދާކަމަށް ޚަބަރު ލިބެއެވެ.

ޓެގް

ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.