ޙައްޖު ގްރޫޕްތަކުގެ ވެރިން މިނާގެ ޓެންޓްތައް ބައްލަވާލައްވައިފިއެވެ.
ދިވެހި ޙައްޖުގެ މާތް އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ރޭ ގެ ވަގުތެއްގައި ޙައްޖު ގްރޫޕްތަކުގެ ވެރިން މިނާގެ ޓެންޓްތައް ބައްލަވާލައްވާ އެތަނުގައި ހަމަޖައްސަން ޖެހޭ ކަންތައްތައް އޮވެއްޖެނަމަ އެކަންކަން ހަމަޖައްސާނެކަމަށް ޚަބަރު ލިބެއެވެ. ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ޖުމްލަކޮށް ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށާއި ޙައްޖުވެރިން ނަށް ފަސޭހަކުރުމަށް ކުރަންޖެހޭ ކަންތައްތައް ޙައްޖު ގްރޫޕްތަކުން ގުޅިގެން ކުރިއަށް ގެންދާކަމަށެވެ.
މިނާއަށް ދިއުމަށް ޙައްޖުވެރިން މައްކާއަށް ދިއުމަށް ފުރާނީ މިރޭ އިޝާ ނަމާދަށް ފަހުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...