އެފްރިކާ މާލީގެ އުތުރުގެ ސަރަހައްދުތައް ހިފުމަށް އީޔޫ އިން އެހީތެރިވުމަށް ތައްޔާރު

މާލީގެ އުތުރުގެ ސަރަހައްދުތައް ހިފުމަށް އީޔޫ އިން އެހީތެރިވުމަށް ތައްޔާރު

މާލީގެ އުތުރުގެ ސަރަހައްދުތައް ހިފުމަށް އީޔޫ އިން އެހީތެރިވުމަށް ތައްޔާރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލީގެ އުތުރުގެ ސަރަހައްދުތައް ހިފުމަށް އީޔޫ އިން އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް ހުކުރުދުވަހު ޔޫރަޕއަން ޔޫނިއަން ގެ ލީޑަރުންވަނީ ހާމަކޮށްފައެވެ.

މާލީގެ އުތުރު ސަރަހައްދު ހިފުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް އޮތީ ބައިނަލްއަޤްވާމީ އަސްކަރީ ޖަމާއަތެއްގެ އެހީތެރިކަމާއި މާލީގެ ދިފާއީ ބާރުގެ އެހީތެރިކަމާއެކުގައެވެ. އީޔޫ ސަމިޓްގެ ޑްރާފްޓު ބަޔާނެއްގައި ވާގޮތުން މިހާރުގެ ހާލަތު އޮތްގޮތުން ސާހިލް ސަރަހައްދަށާއި އެފްރިކާގެ ހުޅަނގާއި އުތުރުގެ ސަރަހައްދުތަކަށް އަދި ޔޫރަޕަށްވެސް ބޮޑު ބިރެއްއެބައޮތެވެ. އަދި އެބަޔާނުގައި ޤާނޫނީވެރިކަމެއް ގެނައުމަށާއި މާލީގެ ސަރަހައްދުތަކުގައިވެސް ބާރު އޮންނާނެ ފުރިހަމައަށް ބާރުއޮތް ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުކުރުމަށް މާލީއަށް އެހީތެރިވާނޭކަމަށްވެސް ވެއެވެ.

ޔޫރަޕިއަން ޔޫނިއަންއިން ހަނގުރާމަކުރަން ނިންމާފައިއެވަނީ މާލީގެ އުތުރުން ފްރާންސްއަށްވުރެ ބޮޑު ސަރަހައްދެއްގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ވެރިކަންކުރަމުންދާ  އިސްލާމީ ޖަމާޢަތްތަކާއެވެ.  މީގެ ކުރިންވެސް އަތްކެނޑުމާއި ޤިޞާސް ހިފުންފަދަ ހުކުމްތައް މި އެފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ތަންފީޒުކުރަމުންގޮސްފައިވާތީ، ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.