ރާއްޖޭގެ ޚަބަރު ޙައްޖު މޫސުމްގައި ސައުދީއަށް ގުޅާލުމަށް މިނެޓަކަށް 1.89 ރުފިޔާގެ ޕެކޭޖެއް ވަތައްނިއްޔާއިން ތައާރަފްކޮށްފި

ޙައްޖު މޫސުމްގައި ސައުދީއަށް ގުޅާލުމަށް މިނެޓަކަށް 1.89 ރުފިޔާގެ ޕެކޭޖެއް ވަތައްނިއްޔާއިން ތައާރަފްކޮށްފި

ޙައްޖު މޫސުމްގައި ސައުދީއަށް ގުޅާލުމަށް މިނެޓަކަށް 1.89 ރުފިޔާގެ ޕެކޭޖެއް ވަތައްނިއްޔާއިން ތައާރަފްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިހުރާމް ހެދުމުގައި ޝެއިޚް އިލްޔާސް ފޯނުން ވާހަކަ ދައްކަނީ. — ފޮޓޯ: ދި އިސްލާމް

ޙައްޖު މޫސުމްގައި ސައުދީއަށް ގުޅާލުމަށް މިނެޓަކަށް 1.89 ރުފިޔާގެ ޕެކޭޖެއް ވަތައްނިއްޔާއިން ތައާރަފްކޮށްފިއެވެ.

ވަތަނިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއަށް މީގެ ކުރިން ގުޅާލުމަށް 4.90 ރުފިޔާ ނެގި ނަމަވެސް މިއަހަރުގެ ޙައްޖު މޫސުމާއި ދިމާކޮށް އެރޭޓް ވަރަށް ބޮޑުތަން އަގު ހެޔޮ ކޮށްފައިވާކަމަށާއި މިހާރު ސައުދީ އަރަބިއްޔާއަށް ގުޅާލުމަށް ހޭދަވާނީ މިނިޓަކަށް 1.89 ރުފިޔާ ކަމަށެވެ. ވަތަނިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 5 ގެ ނިޔަލަށް ކަމަށެވެ.

ވަތަނިއްޔާގެ ހާއްސަ އަގުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން 011 ޖެހުމަށް ފަހު ސައޫދީ އަރަބިއްޔާގެ ކަންޓްރީ ކޯޑް ޖަހާފައި 966 އަށް އެސްއެމްއެސް ކުރުމުން އެގު ހެޔޮ ރޭޓްގައި ގުޅާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

1000 ދިވެހި ޙައްޖުވެރިން ސައުދީގައި މިހާރު ތިބި އިރު ޙައްޖުވެރިންނަށް އަމާޒުކޮށް ވަތަނިއްޔާއިން ތަޢާރަފްކުރި މިހާއްސަ ރޭޓްގެ ސަބަބުން ގިނަ ގުނަ ފަސޭހަތަކެއް ޙައްޖުވެރިންނަށް ލިބިގެންދާނެއެވެ.

ޓެގް

ހައްޖު 1433

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.