ވާހަކަ ތިބާއަކީ ކޮންމެ އަހަރަކުވެސް ޙައްޖުވާ މީހަކު ކަމުގައިވުމުން ﷲ މަޙުރޫމު ނުކުރައްވާދޭވެ!

ތިބާއަކީ ކޮންމެ އަހަރަކުވެސް ޙައްޖުވާ މީހަކު ކަމުގައިވުމުން ﷲ މަޙުރޫމު ނުކުރައްވާދޭވެ!

ތިބާއަކީ ކޮންމެ އަހަރަކުވެސް ޙައްޖުވާ މީހަކު ކަމުގައިވުމުން ﷲ މަޙުރޫމު ނުކުރައްވާދޭވެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުށައެޅުއްވީ: ޝައިޚް ޞާލިޙް އަލް-މަޣާމަސީ

މީގެ 32 އަހަރުކުރިން ޙައްޖުވީ ޒުވާން އުމުރުފުރާގެ މިޞްރުމީހަކު ތިމަން ދަންނަމެވެ. އޭނާ އޭރު 9 ވަރަކަށް ފަސިންޖަރުން އުފުލޭ އުޅަދެއް ދުއްވަމުން ދިޔައެވެ. ކުރީ ސީޓުގައި ފިރިހެނަކާއި އޭނާގެ އަނބިމީހާ އިނެވެ. ފަހަތުގައި  އުމުރުން ދުވަސްވީ އަންހެނަކު ޖާގައިގެ ދަތިކަމާހުރެ ވަރަށް ނިކަމެތިގޮތަކަށް، ކުރުގެޅިފައި،ހަށިގަނޑަށް ވޭން އަޅާ ޙާލުގައި އިނެވެ. ތިމަން ދަންނަ އެ ޒުވާނާ، އެއްކަލަ ކުރީ ސީޓު އިން ފިރިހެންމީހާ އަށް ޙާލަތު ކިޔައިދީ،ކުރީ ސީޓުގެ އެޖާގައަށް ފަހަތުގައި އިން ނިކަމެތި މުސްކުޅި އަންހެނާ ބަދަލުކޮށްދިނުން އެދި ވިސްނަދޭން މަސައްކަތްކުރިއެވެ. ނަމަވެސް ފިރިހެން މީހާ އެކަމާ ދެކޮޅުހެދިއެވެ. އެޒުވާނާ ހަމަ އެ ޢަޒުމުގައި ހިތްވަރާއެކު ކުރި މަސައްކަތުގެ ސަބަބުން އެ ފިރިހެންމީހާގެ ވިސްނުން ބަދަލުކޮށްފިއެވެ.

އެ ފިރިހެންމީހާ ފަހަތު ސީޓަށް ބަދަލުވެ މުސްކުޅި އަންހެނާ ކުރީ ސީޓު އިށީނދެ އިނުމުގެ ފުރުޞަތު ލިބިއްޖެއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ކުޑަވެ ހަށިގަނޑަށް އަރާމް އިޙްސާސް ވުމުން އެ މުސްކުޅި އަންހެނާ އޭނާގެ ރާގުގައި ޒުވާނާ އާއި ދިމާއަށް ބުންޏެވެ. " ތިބާއަކީ ކޮންމެ އަހަރަކުވެސް ޙައްޖުވާ މީހަކު ކަމުގައިވުމުން ﷲ މަޙުރޫމު ނުކުރައްވާދޭވެ!"    

އޭނާގެ ގޮތް ތިމަންނައަށް އެނގޭތާ 32 އަހަރު ފާއިތުވީއިރު އެ ޒުވާނާ އަދި އަދަށް ދާންދެން ޙައްޖުކުރުމުގައި ދެމި އެބަހުއްޓެވެ. އެ މުސްކުޅި އަންހެނާގެ އެ ދުޢާގެ ފަހުގައި ވީ 32 އަހަރެވެ. ބައެއްފަހަރު އާ އަހަރާ ކުރިމަތިލައި ހައްޖުވާ ދުވަސްވަރު ލައިގަންނައިރު،ހައްޖުވުމަށް އޭނާގެ އަތުގައި ލާރި ނެތުމުގެ ސަބަބުން ނުވަތަ އެކަމަށް ނިޔަތް ނުގަނެވި ހުރެދެއެވެ. އެކަމަކުވެސް، އެނގުމަކާއި ނުލައި، ޙައްޖުވެވޭނެ ގޮތަށް އިރާދަ ބަދަލުވެއެވެ. މިއީ އެއްކަލަ ދުވަހު އޭނާ ކުޑަކަމެކޭ ނުހިތައި އެހީތެރިވި ނިކަމެތި މުސްކުޅި އަންހެނާގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވިގޮތެވެ.

ނޯޓް: މިވާހަކަ ގެނެސް ދިނުމުގައި ބަހުން ބަހަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި، އަސަރު ހިމެނޭނޭ ގޮތަށް ބައެއް ޖުމްލަ ވާނީ ބަދަލުކުރެވިފައެވެ.

ޙަވާލާ: 

ޓެގް

ދީން ޒުވާނުން ޙައްޖު ވާހަކަ ސަލަފް އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.