ރާއްޖޭގެ ޚަބަރު

މޫސުން ގޯސްވެގެން ފަސްކުރި ޕީސް ފައުންޑޭޝަންގެ ދަރުސް އޮކްޓޯބަރ 5 ގައި ބާއްވަނީ

ދަރުސްގެ ބެނާ ތައްޔާރު ކުރަނީ | ފޮޓޯ: ޕީސް ފައުންޑޭޝަން

ދަރުސްގެ ބެނާ ތައްޔާރު ކުރަނީ | ފޮޓޯ: ޕީސް ފައުންޑޭޝަން

މޫސުން ގޯސްވެގެން ފަސްކުރި ޕީސް ފައުންޑޭޝަންގެ ދަރުސް އޮކްޓޯބަރ 5 ގައި ބާއްވަން ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަން އިން ހާމަކޮށްފިއެވެ.

ޕީސް ފައުންޑޭޝަންގެ އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރި ދަރުސް މިހާރު ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުގައި ކަމަށާއި ދަރުސް އޮންނާނީ ކުރިންވެސް ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ބޯޅަ ދަނޑުގައި އެރޭ 8.45 ގައި ކަމަށެވެ.

މި ދަރުހުގައި ސުވާލާއި ޖަވާބުގެ ސެސަނެއްވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށާއި އެސްއެމްއެސްއިންނާއި ފޭސްބޫކްގައިވާ އެ ހަރަކާތުގެ ޕޭގް މެދުވެރިކޮށްވެސް ސުވާލު ހުށައެޅޭންކަމަށް ޕީސް ފައުންޑޭޝަނުން ހާމަކުރެއެވެ. ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ރޭޑިއޯ އެޓޯލްއިން މިދަރުސް ލައިވު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދަރުސަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް ޕީސް ފައުންޑޭޝަން އިން އެދެ އެވެ.

ފޭސްބުކް އިވެންޓް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *