ކެންޔާގެ ސިފައިންގެ މީހަކު ސޯމާލިއާގެ އާންމުންގެ ބަޔަކު މަރާލައިފިއެވެ. މަރާލެވިފައިވަނީ ސޯމާލިއާގެ 6 މީހުންންކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.
ކެންޔާގެ ސިފައިންގެ މީހާ ހަމަލާދީ މަރާލެވިފައިވާ މީހުންނަކީ ސޯމާލިއާގެ އާންމު ރައްޔިތުންކަމަށް ބެލެވެއެވެ. މި ހާދިޘާ ހިނގާފައިވަނީ އާދީއްތަދުވަހުގެ ވަގުތެއްގައި ސޯމާލިއާގެ ދެކުނުގެ އަވަށެއްކަމަށްވާ ޖަނާ ކަބްދައްލާގައެވެ. އަދި މި ހާދިޘާ ހިނގި ވަގުތު ކެންޔާގެ ސިފައިންގެ މީހާގެ ގާތުގައި އެފްރިކަން ޔޫނިއަންގެ ސިފައިންވެސް ތިއްބެވެ. އަދި އެމީހާ ހަމަލާދިނުމާއެކު އެމީހާގެ ހަތިޔާރުތައް އެމީހާގެ އަތުންވަނީ އަތުލެވިފއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...