ދިއިސްލާމް ރުޤްޔާ ކޯހުގެ އިފްތިތާޙީ ޖަލްސާ މިރޭ

ރުޤްޔާ ކޯހުގެ އިފްތިތާޙީ ޖަލްސާ މިރޭ

ރުޤްޔާ ކޯހުގެ އިފްތިތާޙީ ޖަލްސާ މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ސްޕިރިޗުއަލް ހީލާސް އޮފް މޯލްޑިވްސް އާއި ޖަމިއްޔަތުލް ބަޔާން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ރުޤްޔާ ކޯސް އިފްތިތާޙްކުރުމުގެ ޖަލްސާ މިރޭ 8:30 ގައި މާފަންނު މަދަރުސާގައި އޮންނާނެކަމަށް އެ ފަރާތުން ހާމަކޮށްފިއެވެ. 1 މަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯހަކީ ރުޤްޔާ ޝަރުޢިއްޔާ (ހުއްދަ ފަންޑިތަ) ދަސްކޮށް ދިނުމަށް ހިންގޭ ކޯހެކެވެ. އަދި މިކޯހުގެ ސަބަބުން ސިހުރުގެ ވަބާއާއި ޖިންނި ޝައިތާނުންގެ ބަލިތަކާއި ނަފްސާނީ ބަލިތަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ޙައްލު ކުރާނޭގޮތް އެނގިގެން ދާނެ ކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

މާފަންނު މަދަރުސާގައި މިރޭ އޮންނަ އިފްތިތާޙީ ޖަލްސާގައި އައްޝައިޚް ޖަޢުފަރު ފާއިޒާއި ޝައިޚް އިލްޔާސް ޖަމާލާއި ޝައިޚް މުޙައްމަދު ޠައްޔިބު ވާހަކަ ދައްކަވާނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. މިރޭ އޮންނަ އިފްތިތާހީ ޖަލްސާއަށް ކޯހުގެ ބައިވެރިންގެ އިތުރަށް ޢާއްމުންނަށްވެސް ޙާޟިރުވެވޭނެކަމަށް އެ ފަރާތުން ބުނެއެވެ.

ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބާއްވާ މިކޯހުގައި މަދުވެގެން 5 ޝެއިޚުން ލެކްޗަރަރއިންގެ ގޮތުގައި ކިޔަވައިދެއްވާނެއެވެ. މި ކޯހުގައި ލެކްޗަރަރ އިންގެ ގޮތުގައި ކިވާދެއްވާ ބޭފުޅުންނަކީ އައްޝެއިޚް މުޙަންމަދު ލަޠީފު، އައްޝެއިޚް އިޔާޟް ޢަބްދުއްލަޠީފު، އައްޝެއިޚް ހުސައިން ޢަބްދުﷲ ސަޢީދު، އައްޝެއިޚް އިލްޔާސް ޖަމާލު އަދި އައްޝެއިޚް މުޙަންމަދު ޠައްޔިބު ޢަބްދުލްޙަކީމެވެ. އަދި އަމަލީގޮތުން ތަމްރީން ދެއްވާނީ ރުޤްޔާ ކުރުމުގައި ތަޖުރިބާކާރު ރާޤީން ކަމަށްވާ އައްރާޤީ އަޖްނާދު ޢަލީ، އައްރާޤީ މުޙަންމަދު މަޒީދު، އައްރާޤީ އަޙްމަދު ފައިސަލް، އަދި އައްރާޤީ އަޙްމަދު ޞަބާހްއެވެ.
މިކޯހުގެ މީޑިއާޕާރޓްނަރަކީ ދިއިސްލާމްއެވެ، އަދި އޮންލައިން ޕާރޓްނަރަކީ މައިތިރި ޑޮޓްކޮމްއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.