ޓޯނީ ބްލެއާރގެ ފަހަރި އެންމެފަހުން 'އިސްލާމް'ކަން އިއުލާންކޮށްފިއެވެ.
ޓޯނީ ބްލެއާރގެ ފަހަރި ލޯރެން ބޫތް އޭނާއަކީ މުސްލެމެއް ކަމަށް އިއުލާންކޮށްފައިވަނީ ލަންޑަންގައި ބޭއްވި އެކި ދީންތަކުގެ ގުޅުންތަކާ ބެހޭ ބައްދަލުވުމެއްކަމަށްވާ ގްލޯބަލް ޕީސް އެންޑް ޔުނިޓީ އިވެންޓްގައި ބައިވެރިވުމަށްފަހުގައިކަމަށް ހަބަރުތަކުން ބުނެއެވެ. "އަހަރެން ލޯރެން އަކީ މިހާރު މުސްލިމެއް" ލޯރެން ބުނިކަމަށް މީޑިއާތަކުން ހަބަރުދެއެވެ. އަދި އޭނާއަކީ "ފަޚްރުވެރި މުސްލިމް މުޖްތަމަޢުގެ މެމްބަރެއްކަމުގައި"ވެސް ވަނީ ވިދާޅުވެފައެވެ.
ލޯރެން ބޫތު އިސްލާމްވި ކަމަށް ދާދިފަހުން މީޑިއާތަކުގައިވެސް ވަނީ ދެކެވިފައެވެ، މީޑިއާތަކުން ހަބަރު ދީފައިވާގޮތުގައި "ލޯރެން ރާބުއިމާއި އޫރުމަސް ކެއުން ހުއްޓާލާފައިވާކަމަށާއި އޭނާ މިހާރު ފަސްވަގުތު ނަމާދުވެސް ކުރަމުންދާކަމަށާއި ވަރަށް އަވަހަށް ބުރުގާވެސް އަޅާނެ"ކަމަށެވެ.
ލޯރެން ބޫތަކީ ކުރީގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓޯނީ ބްލެއރގެ ފަހަރީގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރައްވާ ވަކީލެކެވެ. އަދި ޖާރނަލިސްޓެއްގެ ގޮތުގަޔާއި ރިއަލިޓީ ޓީވީ ޝޯވ ތަކުގައި މަސައްކަތްކުރައްވަމުންގެންދަވާ ދުނިޔޭގެ ނަންހިނގާ ބޭކަނބަލެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...