ސޮނީއިން 'ވޯލކްމޭން' އުފެއްދުން ހުއްޓާލަނީ
ސޮނީއިން 'ވޯލކްމޭން' އުފެއްދުން ހުއްޓާލަން އުޅޭކަމަށް ސޮނީއިން ހާމަކޮށްފިއެވެ.
ސޮނީއިން އިތުރަށް ވޯލކްމޭން އުފެއްދުން ހުއްޓާލުމަށް ނިންމާފައިވަނީ ވޯލްކްމޭން ގެ ޑިމާންޑު ކުޑަވުމުގެ ސަބަބުންކަމަށް އެފަރާތުން ހާމަކުރެއެވެ. 1979 ވަނަ އަހަރުގައި ވޯލކްމޭން އުފެއްދަން ފަށާފައިވާއިރު އެއީ އެއްޒަމާނެއްގައި އެންމެ ގިނަ މީހުން ބޭނުންކުރި އެއްޗެކެވެ. އެމްޕީތްރީ ޕްލޭޔާރ ފަދަ ތަކެތި ވުޖޫދަށް އައުމުން ވޯލކްމެންގެ ބޭނުން މަޑުމަޑުން ކެނޑެމުންގޮސް ގިނަ ބަޔަކު އޭގެ ބޭނުން ކުރާކަށް މިހާރު ބޭނުމެއްނުވެއެވެ.
ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފްލޮޕީ ޑިސްކު އުފެއްދުންވެސް ސޮނީއިން ހުއްޓާލާފައިވާއިރު ސޮނީއިން ހާމަކުރާގޮތުގައި ސީޑީ ޕްލޭޔަރ އުފެއްދުން ހުއްޓާނުލާކަމަށާއި އެހެނަސް ސީޑީ ޕްލޭޔަރ އުފެއްދުމުގެ ނިސްބަތް ކުޑަކޮށްފައިވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...