އެމެރިކާދުނިޔެ

46 މިލއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުން އުޅެމުންދަނީ ފަގީރުހާލުގައި: ރިޕޯރޓް

46 މިލއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުން އުޅެމުންދަނީ ފަގީރުހާލުގައިކަމަށް އެމެރިކާގެ ސެންސަސް ބިއުރޯއިން ނެރުނު ރިޕޯރޓުގައި ހާމަކޮށްފިއެވެ.

އެމެރިކާގެ ސެންސަސް ބިއުރޯއިން ބުދަދުވަހު ނެރުން ރިޕޯރޓުގައިވާގޮތުން އެމެރިކާގެ 46.2 މިލިއަން މީހުން އުޅެމުންދަނީ ފަގީރުކަމަށް ބަލާ މިންގަނޑުގެ ތެރޭގައެވެ.2011ވަނަ އަހަރު އެމެރިކާގައި ފަގީރުންގެ ނިސްބަތަކީ 15އިންސައްތައެވެ. އެއީ އޭގެ ކުރިންއަހަރުގެ 15.1 އިންސައްތަ އާއި ފާހަގަކުރެވޭ ވަރުގެ ތަފާތެއްނެއް އަދަދެކެވެ. ރިޕޯރޓުތަކުން ދައްކާގޮތުގައި އެމެރިކާގެ އާމްދަނީވަނީ 2010ވަނަ އަހަރާ އަޅާ ބަލާއިރު 1.5އިންސައްތަ ދަށަށް ގޮހެވެ.

ބުދަ ދުވަހު ނެރުނު މި ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރު ވަޒީފާ ނުލިބޭ މީހުންގެ އަދަދު ގިނަ ވުމުގެ ސަބަބުން މުއްސަނދިންނާއި ފަގީރުންނާދެމެދު އޮންނަ ފަރަގުވެސް ވަނީ ފާހަގަ ބޮޑުވެފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ތިމީހުންގެ ފަޤީރުކަން ފިލުވަން ނުންތޯ ތިމީހުން މުޅިދުނިޔޭގައި ހަންގުރާމަކޮށް، ޤައުމުތަކަށް އަރައިގަނެ ޤައުމުތަށް ލޫޓުވާ ޤައުމުތަށް އަޅުވެތިކޮށް މުޅިދުނިޔެއަކީ އެމެރިކާގެ މާރުކޭޓަކަށް ހަދަން އުޅެނީ، އެމެރިކާރައްޔިތުން މުއްސަދި ކުރުވަން ނުންތޯ؟

Your email address will not be published. Required fields are marked *