ދުނިޔެ ސިޑްނީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޞްޠަފާ ސީރިޔާގައި ޝަހީދުވެއްޖެ

ސިޑްނީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޞްޠަފާ ސީރިޔާގައި ޝަހީދުވެއްޖެ

ސިޑްނީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޞްޠަފާ ސީރިޔާގައި ޝަހީދުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް މުޞްޠަފާ އަލްމަޖްޒޫބް

އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް މުޞްޠަފާ އަލްމަޖްޒޫބް ސީރިޔާގައި ޝަހީދުވެއްޖެ އެވެ.
ސީރިޔާގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވާ އަދި ހަނގުރާމައިގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަމުން ދަނިކޮށް ބައްޝާރުލް އަސަދު ގެ ލަޝްކަރުތަކުން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި މިދިޔަ ހޯމަ ދުވަހު އެވެ.
ސީރިޔާ ދަރިކޮޅަކަށް ނިސްބަތްވެލައްވާ ޝައިޚް މުޞްޠަފާ ވަނީ މިއަހަރު ޖޫންމަހުގެ ތެރޭގައި ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަޑައިގަނެފަ އެވެ. އޭގެ ކުރިން ތުރުކީގެ އަންތާކިޔާގައި ހުންނަވާ ޝައިޚް ވަނީ ސޫރިޔާގެ މުސްލިމުންނަށް އެހީތެރިވެވަޑައިގަތުމުގައި ދެމިހުންނަވާފަ އެވެ.
ފަހުން، ޝައިޚްގެ ކާފައެއްކަމަށްވާ ސީރިޔާގެ ކުރީގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު އަލް މަޖްޒޫބްގެ ނަމަށް ނިސްބަތްވާ ޖަމާޢަތެއްގެ އިސްސަފުގައި ޝައިޚް ވަނީ ބައްޝާރުލް އަސަދުގެ ލަޝްކަރުތަކާ ދެކޮޅަށް ސީރިޔާގެ ރަށެއް ކަމަށްވާ ސަލްމާގައި ހަތިޔާރުން ޖިހާދު ކުރައްވާފަ އެވެ.
ޖޫން މަހު 5 ވަނަ ދުވަހު، ސީރިޔާއަށް ވަޑައިގަތުމުގެ ކުރިން، ޝެއިޚް ލިޔުއްވާފައިވެ އެވެ:
"އަހަރެން އަހަރެންގެ ދަތުރަށް ނުކުންނަމުންދާއިރު، ﷲގެ ޙަޟްރަތުން އަހަރެން އިޚްލާޞްތެރިކަމާއެކު ހުރެ އެދެނީ ހުރިހާ ކަންކޮޅެއްގައިވާ އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވުމެވެ. އަދި ހިތާމަ ލިބިފައިވާ މީހުންނަށް ލުއިކޮށްދެއްވުމަށާއި، ބާރުދެރަ މީހުންނަށް މަދަދު ދެއްވުމަށްވެސް ﷲ ޙަޟްރަތުން އެދެމެވެ.
ސިޑްނީގައި މަޑުކޮށްލެވުނު ވަގުތު ކޮޅު އަހަރެމެންގެ ވަރަށް ގިނަ އަޚުންނާއި އުޚުތުންނަށް ދިމާވީތީ ވަރަށް އުފާކުރަމެވެ. ﷲގެ ޙަޟްރަތުން އަހަރެން އެދެނީ މިއަށްވުރެ ހެޔޮ ވަގުތަކުން ﷲ އަހަރެމެން އަދި އެއްފަހަރު އެއްތަން ކުރެއްވުމެވެ. އަދި އެކަލާނގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާ ދުވަހު އެކަލާނގެ ޢަރުޝީގެ ހިޔަލުގެ ދަށަށް އަހަރެމެން އެއްތަންކުރެއްވުމެވެ.
މާތް ﷲ ތިޔައެންމެކަލުންނަށް ބަރަކާތްލައްވާ، އެކަލާނގެ ދީނަށް ޚިދުމަތްކުރާ އަޅުންތަކެއް ކަމުގައި ބޭނުންކުރައްވާށި އެވެ! އަދި އެކަލާނގެ ރުއްސަވާ ބަޔަކު ކަމުގައި ތިޔަކަލުން ލައްވާށި އެވެ!
އެއްވެސް ގޮތަކުން ތިޔަބޭކަލުންނަށް އަހަރެން ކުށެއްކުރެވިގެންވާނަމަ އެއަށް ޢަފޫކޮށް މަޢާފްކޮށްދިނުން އެދެމެވެ.
އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް"

ޝައިޚްގެ ޢާއިލާއިން ވަނީ އެބޭފުޅުންނަށް ތައުޒިޔާއާއި ހެޔޮ ދުޢާކުރަމުންދާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ޢާއިލާގެ ފަރާތުން ހާމަކުރާ ގޮތުގައި، ޢާއިލާގެ ލޮބުވެތި މެމްބަރެއް ވަކިވެގެން ދިޔުމުގެ ހިތާމަވެރި ދަނޑިވަޅަކަސް، ޝައިޚް މުޞްޠަފާ އަވަހާރަވެގެން ދިޔައީ އޭނާގެ ޙަޔާތުގައި އަބަދުވެސްކުރަމުން ދިޔަ މަސައްކަތްކަމަށްވާ، ﷲ ގެ ރުއްސެވުން ހޯދަން މުޖްތަމަޢަށް ޚިދުމަތްކުރުމުގެ މަތީގައިކަމަށްވާތީ އެއީ ޢާއިލާއަށް ލިބުނު ޤަދަރެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.