އެފްރިކާ

އުތުރު މާލީގައި ރޭޑިޔޯ ޗެނަލްތަކުން މިއުޒިކު "ދުރަށް ފޮނުވުން" މަނާކުރަނީ

އުތުރު މާލީގައި ހަރަކާތްތެރިވަމުންދާ މުޖާހިދުން އެމީހުންގެ ބާރުގެދުށުގައުވާ ސަރަހަދުތަކުގައި ބްރޮޑްކާސްޓު ކުރަމުން އަންނަ ރޭޑިޔޯ ޗެނަލްތަކުން މިޔުޒިކު ފޮނުވުން މަނާކޮށް ޤަރާރެއް ނެރެފިއެވެ. މިއީ މުޖާހިދުންގެ ބާރުގެ ދަށުގައިވާ ސަރަހަދުތަކުގައި އިސްލާމީ ޝަރުޢިއްޔާ ތަންފީޒުކުރުމުގެ ފެށުމުގެ ގޮތުން ނެރުނު ޤަރާރެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

"އޭ އެފް ޕީ"އަށް މައޫލޫމަތު ދެއްވަމުން ހުޅަނގު އެފްރިކާގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެއްކަމުގައިވާ "ޙަރަކަތުލްތައުޙީދި ވަލް ޖިހާދި " ފަރާތުން ވާހަކަދެއްކެވި އުސާމާ ވަލަދު އަބުދުލްޤާދިރު ވިދާޅުވެފައިވަނީ" އަހުރެމެން ،ޣާވޫ އަދި ތަމްބުކުތޫ އަދި ކީދާލު ( އުތުރު މާލީގެ އިދާރި ތިން ފޮރްވިންސް) ގެ މުޖާހިދުން، މިހާރުންފެށިގެން ހުޅަނގުގެ މިޔުޒިކު އިސްލާމީ ބިމެއްގައި ޗެނަލްތަކުން ދުރަށް ފޮނުވުމަށް ދެކޮޅުހަދަމެވެ"

މިއަދު ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މިޤަރާރުގެ މައުލޫމާތުވަނީ އެ ސަރަޙަދުގެ ރޭޑިޔޯ ޗެނަލްތަކުގެ އިސްވެރިންނާއި ޙިއްޞާކޮށްފައެވެ.

"ޝައިތާނާގެ މިއުޒިކުގެ ބަދަލުގައި ޤުރުއާނުގެ އާޔަތްތަށް ދުރަށް ފޮނުވަށް ޖެހޭނީ. ހުޅަނގުގެ މިއުޒިކަކީ އެއީ ޝައިތާނެއް." އުސާމާ އިތުރަށް ވިދާޅުވިއެވެ.

އުތުރު މާލީގެ ސަރަޙައްދުތައް މުޖާހިދުންގެ ބާރުގެ ދަށަށް އައީ މީގެ ފަސްމަސްދުވަހު ކުރިން އެ ސަރަޙަދުގައި ވަކިވެގަތުމަށް ހަނގުރާމަކުރަމުންދިޔަ ސެކިއުލަރ( ދީނާ ދަޢުލަތް ވަކިކުރާ ފިކުރު) ފިކުރުގެ ތަވާރިޤު ގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ހަނގުރާމަވެރިން ބަލިވެ އެ ސަރަހަދުން ފޭބުމުންނެވެ.
މަޞްދަރު: މަޖަލަތުލް ބަޔާން

ގުޅުންހުރި

6 ޚިޔާލު

  1. ނަޝިދަށް ދިވެހިން ވަރަށް އުއްމީދާއި އެކު ވެރިކަން ދިނީމަ ނުލަފާކަން ދައްކަން އިސްތިއުފާ ދީ އޭގެ ފަހުން ބަޢާވަތޭކޭ ބުނެ ޤައުމު ފިތުނަވެރި ކުރުވާ އިންގިރޭސިންގެ ރޭވުމުގެ ދަށުން އެކަން ތަހުޤީގު ކުރަން ކޮމިޝަނެއް އުފައްދާ އެތަކެއް ފައިސާއެއް އިންގިރޭސިން ނަށް ލިބޭގޮތަށް ކަންކަން ރާވަނީ ހަމަ އެހެން މީހުން ނިދާފަ ތިބީކަމަށް ހީކޮށްބާ؟ ދިވެހިރާއްޖެ އަޅުވެތިކޮށް ބޭރުގެ ނުފޫޒު ރާއްޖެޔަށް ވައްދަން ނަޝީދާއި އިންގިރޭސި ޔަހޫދީން ކޮށްފައިވާ ކަންތަށް ނިކަން ބަލާބަލަ ހުޅުލޭ އެއާރްޕޯޓް ޔަހޫދީން ނަށް ކުއްޔަށް ދިނުމާއި، ދިރާގުގެ ހިއްސާ ޔާހޫދީ އިންގިރޭސިން ނަށް ވިއްކުމާއ، ފެންކުން ފުނީގެ ހިއްސާ ޔަހޫދީ އިންގިރޭސިން ނަށް ވިއްކުން، މިއިން ކޮންމެކަމެއްގެ އަޑީގައި އޮތީ އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ޔަހޫދީ އެމްބަސީ ކަމީބޮޑު ސިއްރެއް!

  2. މާޝާ ﷲ … ﷲ އަކްބަރު….

  3. މާތްﷲބިމުގައި އާރާއިބާރު ދެއްވީމާ ކުރަންޖެހޭކަމަކީ އެއިލާހުގެ އަޅުތަކުންނަށް ހެޔޮނުބައި އޮޅުންފިލުވައިދީ މީސްތަކުން ނަރަކައާއި ދުރަށްގެންގޮސް ސުވަރުގެއާއި ކައިރިކުރުން. އެކަންކުރެވޭނީ ލަވައާއި މިޔުޒިކް ފަދަ ޝައިތާނީ ޢަމަލުތަށް އެމުޖުތަމަޢު ތަކުން ނައްތާލެވިގެން. މާލީގެ މުޖާހިދުންނަން ކީރިތިމާތްﷲގެ ފުރިހަމަ ނަޞްރާއި ފަލަޙާއި ކާމިޔާބު މިންވަރުކުރަށްވާށި!އާމީން ޔާރައްބަލްޢާލަމީން..

  4. މިގައުމުގައިވެސް މިކަންކުރެވިދާނެ، މިއީކީ މާއުދަގޫކަމެއްނޫން، މިހާރުވެސް މިރާއްޖޭގައި ބުރޯޑްކާސްޓް ކުރަމުން އަންނަ ރޭޑިއޯ އެޓޯލް 96 އެފްއެމް އިން މިއުޒިކެއް ނުފޮނުވާ، ކިހާރީތި ލާމަސީލް ނަމޫނާނާއެއް މިރޭޑިއޯޗެނަލުން ދައްކަމުން އެދަނީ،… ރޭޑިއޯ އެޓޯލް 96 އެފްއެމްގެ ޙިދުމަތް މުޅިރާއްޖެއަށް ލިބޭތޯ ކޮންމެ ބޭފޫޅަކަށްވެސް ދެވެންއޮތް ފައިސާގެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވަމާތޯ؟ ހިޔާލުތަފާތުވުންތައް އެއްކާއިރިކޮށް އިޙުލާސްތެރިކަމާއިއެކު، މަސައްކަތްކުރާ ފަރާތްތަކައް އެހީތެރިނުވެ އަޅުގަނޑުމެން އިސްލާމްދީނީން ކުރިއަރުވާށޭ، ދީނަށް ނަސްރުދޭށޭ ކިޔާގެން ހަމަތިއްބަކަސް އެއްވެސްކަމެއް ރަގަޅެއްނުވާނެ، (މިކަމާ ފުންކޮށް ވިސްނަވާ)
    Radio Atoll 96 FM is No:1 FM Channel in Maldives (ނަމޫނާ ރޭޑިއޯ)

  5. ދަންނަވަންތޯ؟ މީޑިއާ އެއީ އެންމެ ވަރުގަދަ ނުފޫޒް އަޅުގަޑުމެންނަށް ފޯރުވާ އެކަތި. އޭގެން ތަނެއް ހަލާކުކޮށް ނެތިކޮށްލެވިދާނެ. ހަމައެފަދައިން އޭގެން ތަނެއް އިސްލާޙްކޮށް އާރާސްތުވެސް ކުރެވިދާނެ. އަޅުގަޑުމެންގެ މީޑިއާ ހިންގަވަން ތިއްބެވި ބޭފުޅުންވެސް ބޭނުންފުޅު ވެލައްވާނަމަ، މިގައުމު އިސްލާޙްކޮށް ހެޔޮމަގަށް އަޅުވައި ސުލްހަމަސަލަސް ތަނަކަށް ހަދާލަން ނުނަގާނެ 10 އަހަރުވެސް. އެކަމު ކުރާނީ ކީއްތޯ؟ އޭގެން ފިލްމާއި ޑްރާމާއާއި ލަވައާއި މިއުޒިކާއި ނެށުމާނޫން އެހެން އެއްޗެއް ފެންނާނީ މަދުން. އެބޭފުޅުންނަށް ހީވެވަޑައިގެންފައި އޮންނަކަހަލަ މީޑިއާގެ ބޭނުމަކީ އެއީ އެވެ. ދީނާ މީހުންދުރުވެ، ކުދިންގެ އަޚްލާޤް ގޯސްވެ، ވައްކަމާއި ފޭރުމާއި ނުބައިވެގެންވީހައި ކަމެއް އާއްމު ވެފައިވާއިރުވެސް ރަގަޅު ނަސޭހަތާއި ހެޔޮޢިބްރަތެއް ލިބޭނެފަދަ ޕްރޮގްރާމްތަކާއި ކުދި ކްލިޕްތައް މީޑިއާއިން ފެންނަނީ މަދުން. މިއީ ހަމަ މައްސަލައަކީ.

  6. މައްސަލައަކީ މިއަދުވެސް ވެރިކަމުގައި ތިބިމިހުންނަށް މިކަންކަން ހައްލުކުރަން ބޭނުން ނުވާކަން…ބައްލަވާ އިންޓަރނެޓް ރާއްޖެޣްގައި އެމީހަކު ބޭނުން ސައިޓަކަށް ވަންނަންވީ އެއްވެސް ކޮންޓްރޯލެއްނެތް ދެން ގައުމު ހަލާކުވާ ވާހަކަ ދައްކާނެކަމެއްނެތް…..

Your email address will not be published. Required fields are marked *