އަރަބިދުނިޔެދުނިޔެ

ސައުދިޢަރަބިޔާއާއި ތުރުކީއާއި ގުޅިގެން ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ރެފިއުޖީ ކޭމްޕުތަކެއް ޤާއިމްކުރަނީ

ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސައުދިޢަރަބިޔާއާއި ތުރުކީއާއި ގުޅިގެން ރެފިއުޖީ ކޭމްޕްތަކެއް ޤާއިމްކުރުމަށް ދެޤައުމުން ނިންމައިފިއެވެ.

"ސޫރިޔާގެ އަޅުގަނޑުމެންގެ އަޚުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ސަޢުދިޢަރަބިޔާއިން ކުރަމުން އަންނަ މަސައްކަތްތަސް ތުރުކީއިން ވަނީ މަރުހަބާކިޔައިފަ. އަދި ތުރުކީއިން ދަނީ ސޫރިޔާގެ ގިނަ ރެފިއުޖީން އެޤައުމުގައި ބަލަހައްޓަމުން،" ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ސައުދީ ސަރުކާރުން ފަށާފައިވާ ކެމްޕެއިންގެ ޑިރެކްޓަރ މުބާރަކް އަލްބަކްރް ވިދާޅުވިއެވެ.

އދ.އިން ސޫރިޔާގެ މައްސަލައާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓެއްގައި ބުނާގޮތުން ސޫރިޔާގެ 66000 ރެފިއުޖީންވަނީ ތުރުކީއަށް އެތެރެވެފައެވެ.

"މިދިޔަ އަންގާރަދުވަހާއި ބުދަދުވަހު އެކަނިވެސް 3000 ވަރަކަށް ރެފިއުޖީންވަނީ ތުރުކީގެ ކޭމްޕްތަކަށް ގޮސްފައި،" އދ.ގެ ރެފިއުޖީންގެ ކަންތައްތަކާއި ބެހޭ ކޮމިޝަނަރ އެޑްވަރޑްސް ހާމަކޮށްފައިވެއެވެ.

ސައުދި ޢަރަބިޔާއިން އުރުދުންގައިވާ ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމަށްޓަކައި ފޮނުވި 43 ޓްރަކުގެ 700 ޓަނުގެ ކާބޯތަކެއްޗާއި، ފެނާއި ބޭސްވަނީ އިއްޔެ އުރުދުންއާއި ހަމައަށް ފޯރާފައެވެ.

މީގެ އިތުރުން ސައުދީޢަރަބިޔާއިންވަނީ ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމަށްޓަކައި އުރުދުންގައި 2500 ވަގުތީ ހިޔާ އެޅުމަށް 28 މިލިއަން ސައުދީ ރިޔާލުގެ ޕްރޮޖެކްޓެއް ފަށާފައެވެ.

.

ގުޅުންހުރި

1 ޚިޔާލު

  1. އަހުލީ ހަންގުރާމަ ތަކުގެ ސަބަބުން އުއްމަތުގެ ޙައިރާތު ތަކާއި މުދާ ފަނާވަމުން މިދަނީ، ރައްޔިތުން ކަންކމުގައި ހޭލުން ތެރިވެ ކަމުގެ އިލްމު ވެރިންގެ ބަސްޤަބޫލުކޮށް ދެދުނިޔ ބާއްޖަވެރި ކުރަން ކެއްތެރި ކަމާއި އެކުމަސައްކަތް ކުރަން ދަސްކުރަން ވެއްޖެ، ހަންގުރާމައިން ތަޅާފޮޅާގަނެގެން ކަމެއްހައްލެއް ނުވާނެ، ކަންކަން ހައްލުވާނީ ބުއްދިއާއި ހިކުމަތާއި ސުލްހަވެރިކަން ކުރިއަށް ނެރެގެން! ޤައުތަކުގައި ހިންގާ ކަންކަމުން ހުރިހާ މީހުން އިބުރަށް ލިބިގަންނަންޖެހޭ،

Your email address will not be published. Required fields are marked *