އެތައް ހާސް ބަޔަކު ފިތުރު ޢީދު ނަމާދު ސްޓޭޑިއަމްގައި ކޮށްފިއެވެ.
މާފަންނު ސްޓޭޑިއަމްގައި އެތައް ހާސް ބަޔަކު އެއްވެ ފިތުރު ޢީދު ނަމާދުކޮށްފައިވާއިރު ނަމާދަށްފަހު އެއްބަޔަކު އަނެއް ބަޔަކު ޢީދު ނަމާދު ކިޔާ ތަހުނިޔާ ކިޔުންއޮތެވެ. ޝެއިޚް މުހައްމަދު އިޔާޟް އަބްދުލްލަތީފް އިމާމްވެ ޢީދު ނަމާދު ކުރައްވާފައިވާއިރު ސަރުކާރުގެ އިސްވެރިން ޢީދު ނަމާދުގައި ބައިވެރިވެފައިވެއެވެ.
ޢީދު ނަމާދަށް ސްޓޭޑިއަމް އެކީ ފުރިފައިވާއިރު މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ޢީދު ނަމާދު ކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...