ރާއްޖޭގެ ޚަބަރު ޢީދު ނަމާދަށް ސްޓޭޑިއަމް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނީ

ޢީދު ނަމާދަށް ސްޓޭޑިއަމް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނީ

ޢީދު ނަމާދަށް ސްޓޭޑިއަމް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢީދު ނަމާދަށް ސްޓޭޑިއަމް ތައްޔާރު ކުރަނީ. | ދިއިސްލާމް ފޮޓޯ: އަޝްވާގު

ޢީދު ނަމާދަށް ސްޓޭޑިއަމް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންއެބަދެއެވެ.

މާފަންނު ސްޓޭޑިއަމްގައި ފިތުރު ޢީދު ނަމާދު ކުރުމަށް ތައްޔާރު ކުރުމުގެ މަސައްކަތް އިއްޔެ ހަވީރުން ފެށިފައިވާއިރު މިހާތަނަށް ހުރިހާ މަސައްކަތެއްހެން ނިމިފައިވާކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލުން ހާމަކުރެވެއެވެ.  އެމްއެންޑީއެފް ، ޕޮލިސް އަދި އާންމުންގެ އެހީތެރިކަމާއި އެކު ސްޓޭޑިއަމް ތައްޔާރު ކުރުމުގެ ގޮތުން ބިންމަތީގައި ސަތަރި އަޅާ ތަން ޒީނަތްތެރިކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މީގެ އިތުރުން ޢީދު ނަމާދު ކުރައްވާ އިމާމް ހުންނަވާ މިންބަރު މިހާތަނަށް ހަދާ ނިމިފައިވާއިރު އަންހެނުން ނަމާދު ކުރުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުވެސް މިހާރު ވަނީ ނިމިފައެވެ.

ޢީދު ނަމާދު ކުރުން އޮންނާނީ މިއަދު 7.30 ގައެވެ.

ޓެގް

ފިތުރު ޢީދު 1433

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.